ޚަބަރު

ފަސީހު އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ ސީ.އީ.އޯއަކަށް ހަަމަޖައްސައިފި


ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ ސީ.އީ.އޯގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.އެމް.ޓީ.ސީ.ސީން ބުނީ އަހުމަދު ފަސީހު އެކުންފުނީގެ ޑެޕިއުޓީ ސީ.އީ.އޯގެ މަޤާމަށް އިއްޔެ ހަމަޖެއްސެވުމާ ގުޅިގެން އިއްޔެއިން ފެށިގެން މަޤާމުގެ ޒިންމާ އަދާކުރަން ފަށާފައިވާކަމަށެވެ.ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާރޑް އަހުމަދު ފަސީހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ވަނީ ފުރުއްވާފައެވެ. އަދި ރައީސް ނަޝީދު އިސްތިއުފާދެއްވި އިރުވެސް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ އެބޭފުޅާއެވެ.