ޚަބަރު

ދެވަނަ ދައުރުގެ މަސައްކަތްތައް ނިމެންދެން ދައުރު އިތުރުކޮށްފި


މިދައުރުގެ ފަހު ޖަލްސާގައި ނިންމަން ކަނޑައެޅި ކަންކަން ނުނިމުން އަންނަ ހޯމަދުވަހު އިތުރު ޖަލްސާއެއް ބާއްވަން ދައުރު އިތުރުކޮށްފިއެވެ.

ދައުރު އިތުރުކުރަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ޖަލްސާއެއް ބާއްވައި މަސައްކަތްތައް ނިންމުމަށް ކަނޑައެޅީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއިއެކުގައެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. ދައުރު އިތުރުކުރަން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓުންނެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާގައިވާ ކަންކަން ނިންމުމަށް ޖަލްސާގެ ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދެވުނު ނަމަވެސް މަސައްކަތް ނިންމޭ ގޮތެއް ނުވިއެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީން ނިންމާފައިވާ ކަންކަމާއި ތަޅުމުން ނިންމާފައިވާ ކަންކަމާއިއެކު 70 ވޯޓެއް ނެގަންޖެހުނެވެ. މިހާގިނަ އަދަދެއްގެ ވޯޓު ނަގަންޖެހުމުން ބައެއް ވޯޓްތައް އަންނަ ހަފްތާއަށްވަނީ ލަސްކޮށްފައެވެ. މިއާއެކު އަންނަ ހޯމަދުވަހުގެ ޖަލްސާއަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އައްޔަން ކުރުމާމެދުވެސް ވަކި ގޮތެއް ކަނޑައެޅިގެންދާނެއެވެ.

ކޯވިޑް-19އާ ގުޅިގެން މަޖިލީހުގެ މަޖިލީހުގެ ފުރަަތަމަ ދައުރުގެވެސް ޗުއްޓީއަށް ގޮސްފައި ނުވެއެވެ. މިދައުރުގައި މިހާތަނަށް މަޖިލީހުގެ މެމްބަރުން ޗުއްޓީއަކަށް ގޮސްފައިނުވެއެވެ.