ޚަބަރު

ލުބުނާނުގެ އައު ސަރުކާރު އެކުލަވާލުމަށް މުސްޠަފާ އަދީބަށް ޙަވާލުކޮށްފި


ލުބުނާނުގެ އައު ސަރުކާރު އެކުލަވާލުމަށް އެ ޤައުމުގެ ޚާރިޖީ އިސްވެރިއެއްކަމަށްވާ މުސްޠަފާ އަދީބާ ޙަވާލުކޮށްފިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހިންގި ބޮޑު ގޮވުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބި އެ ސަރަޙައްދު އެއްކޮށް ސުންނާފަތިވުމުން އެ ހާދިޘާ މެދުވެރިވީ ސަރުކާރުގެ އިހުމާލުންކަމަށް ބުނެ ޤައުމުގެ ރައްޔިތުންވަނީ މުޒާހަރާކޮށްފައެވެ. އެއަށްފަހު އޭރު ބޮޑުވަޒީރުގެ ގޮތުގައި ހުންނެވި ހަސަން ދިއާބާއި އޭނާގެ ސަރުކާރުވަނީ އިސްތިޢުފާ ދެއްވާފައެވެ.

2013ވަނަ އަހަރުން ފެށިގެން ޖަރުމަނުވިލާތަށް ލުބުނާނުން ކަނޑައަޅާފައި ހުންނެވި ސަފީރު އަދީބު ބޮޑުވަޒީރުގެ ގޮތުގައި އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންވަނީ ތާއީދުކޮށްފައެވެ. 120 މެންބަރުންގެ މަޖިލީހުގެ 90 މެންބަރުންގެ ތާއީދުވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ. ކުރީގެ ބޮޑުވަޒީރު ސާދް އަލްޙަރީރީގެ ފިއުޗާ މޫވްމަންޓާއި ހިޒްބުﷲއާއި ފުރީ ޕެޓްރިއޮޓިކް މީހުންވަންޓާއި އަމާލް މޫވްމަންޓުގެ ތާޢީދު އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ މިއީ ވާހަކަދައްކާ ވަޢުދުތައް ވާންވީ ވަގުތު ނޫންކަމަށެވެ. މިއީ އޭގެ ބަދަލުގައި އެންމެން އެކުގައި ގަދައަޅައި މަސައްކަތްކޮށް ލުބުނާނުގެ ރައްޔިތުންގެ އުންމީދު އައުކޮށްދޭންވީ ވަގުތުކަމަށް އޭނާ ވިދާވިއެވެ. ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ޙާލަތްތަކުން އަރައިގަތުމަށް އެންމެ އެކަށީގެންވާ އަދި އެންމެ ތަޖުރިބާކާރު ބޭފުޅުން ޚިޔާރުކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ