ޚަބަރު

އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވެއްޖެ


އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.

ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އިންޑިޔާގެ ރައީސްކަން 2012ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި ޕުރަނާބު މުކަރުޖީ އަވަހާރަވީ އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި ފަރުވާދަމުން ދަނިކޮށެވެ. ހަސްފަތާލުގައި އޭނާ އެނދުމަތިކޮށްފައިވަނީ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ. ހަސްފަތާލުގައި ކުރި ތަހުލީލުތަކުން އޭނާގެ ސިކުނޑީގައި ލޭ ގަނޑުވެފައިވާކަމަށްވަނީ ދައްކާފައެވެ. އެއަށްފަހު ކުއްލި އޮޕަރޭޝަނެއްކުރުމަށްފަހު އޭނާ އޮންނެވީ ވެންޓިލޭޓަރުގައެވެ.

ހަސްފަތާލުގައި އެނދުމަތިކުރުމުގެ ކުރިން އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށްވެސް ޕްރަނާބް މުކަރްޖީވަނީ ހާމަކުރައްވާފައެވެ.