ތަޢުލީމު

ދަރިވަރުނަށް ކުޅިވަރު ދާއިރާއިން ދޭ ހާއްސަ އެވޯޑް ބުދަދުވަހުދެނީ


ސްކޫލް ފެންވަރުގައި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންގެ ކާމިޔަބީ ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ދޭ " ކަލާސް އެވޯޑް" އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނސްޓްރީން ވިދާޅުވެއްޖެއެވެ. "ކަލާސް އެވޯޑް 2014" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވި ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި އެވޯޑަށް ވާދަކުރުމުގެ ފުރުސަތު ހުޅުވަލާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 9 ވަނަނަދުވަހުއެވެ. މި އެވޯޑަށް 18 ސްކޫލަކުން ޖުމުލަ 200 ދަރިވަރުން ކުރިމަތިލާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ ތެރޭގައި މާލޭގެ 15 ސްކޫލަކާއި، އަތޮޅުތެރޭގެ 3 ސްކޫލެއް ހިމެނޭކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.މި އެވޯޑް ބަހާލާފައިވާ ކެޓަގަރީތަކަކީ 12 އަހަރުންދަށާއި 14 އަހަރުންދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުންދަށުގެ ކެޓަގަރީއަށްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.މި އަހަރު މި އެވޯޑް ދޭ ކުޅިވަރުތަކަކީ އެތްލެޓިކްސް، ބެޑްމިންޓަން، ފްޓްބޯލް،ޓެނިސް ވޮލީ ބޯލް ޓޭބަލް ޓެނިސް، ކްރިކެޓް، ސްވިމިންގް ނެޓްބޯލް އަދި ބާސްކެޓްބޯޅައެވެ.ކަލާސް އެވޯޑަކީ ގައުމީ ފެންވަރުގަ އާއި ބައިނަލް އަގުވާމީ ފެންވަރުގައި ވަނަވަނަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއާއި ސްރީލަންކާގެ ނެސްލޭ މައިލޯއާއި ގުޅުގެން މިދިޔަ އަހަރު ތައާރަފް ކޮށްފައިވާ އެވޯޑެކެވެ.