ޚަބަރު

ފުރާނައަށް ގެއްލުންވާ ޒާތުގެ ބަނގުރާގެ ބާވަތްތައް އަތުލައިގެންފި


ފުލުހުންގެ
އޮޕަރޭޝަންތަކުގައި ފުރާނައަށް ގެއްލުންވާ ޒާތުގެ ބަނގުރާގެ ބާވަތްތައް
ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.



މާލެއާއި،
އަތޮޅުތަކުގައި މިފަހަކަށް އައިސް ފުލުހުންގެ އެކި ދާއިރާތަށް ގުޅިގެން ހިންގި
އޮޕަރޭޝަންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ޑްރަގް
އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު
ޝިފާން ވިދާޅުވީ، މިދިޔަ މަހުގެތެރޭގައި ރާއްޖޭގެ ދެކުނުން އައްޑޫއަތޮޅާއި، ގއ. އާއި ގދ އަދި އުތުރުން ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ޚާއްސަ އޮޕަރޭޝަންތަކެއް
ހިންގާފައިވާކަމަށާއި، ހުވަދު އަތޮޅުން އެކަނިވެސް 5000 މިލިލީޓަރުގެ ބަނގުރާ
ފެނިފައިވާއިރު،  މަސްތުވާތަކެތީގެ ތަފާތު
ބާވަތްތައް އެކި އަތޮޅުތަކުން ހޯދާފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް
ބާވަތްތަކުގެ ބަނގުރަލަކީ، އެތަކެތި ބޭނުންކޮށްފިނަމަ ބޭނުންކުރާ މީހެއްގެ
ހަށިތަނޑަށް ތަފާތު ބަދަލު އަންނަވަރުގެ މާއްދާތައް އެކުލެވިގެންވާ ބަނގުރަލުގެ ބާވަތްތަކެއްކަން ޝިފާން ފާހަގަކުރެއްވިއެވެ.



" ކޭ ނައިން
ސްކޮޑްވެސް ހިމަނައިގެން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގެ ސަބަބުން
ފުލުހުންގެ މަސައްކަތައް އިތުރު ފަސޭހަތަށް ލިބިގެންދޭ. މި އޮޕަރޭޝަންތަކުގެ
ސަބަބުން މަސްތުވާތަކެތި ރާއްޖޭގެ އެކި ހިސާބުތަކުގައި ދައުރުވާ ރޫޓްތަކަށް ހުރަސް
ދަނީ އެޅެމުން "، ޝިފާން ވިދާޅުވިއެވެ.  



މާލެއާއި
އަތޮޅުތަކުގައި ހިންގި  އޮޕަރޭޝަންތަނުގައި
މަސްތުވާތަކެއްޗާއެކު  ޖުމްލަ 174 މީހުން
ހައްޔަރުކުރެވިފައިވާއިރު، ޑްރަގް ކޯޓާއި، ފުލުހުންގެ އިތުރުން ނެޝަނަލް ޑްރަގް
އެޖެންސީން ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަސަތުވާތަކެތީގެ
ވަބާއިން ސަލާމަތްވުމުގެ ފުރުސަތު ދެވޭނެކަމަށެވެ.



އަންނަ
ހަތްތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްތުވާތަކެތީގެ ޚާއްސަ
އޮޕަރޭޝަންތައް ކުރިއަށްގެންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.