ކުޅިވަރު

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 ޓީމަކުން ބައިވެރިވެއްޖެ


އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގައި އެކާވީސް
ޓީމަކުން ބައިވެރިވެއްޖެއެވެ.

މިމަހުގެ ދިހަވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ
މުބާރާތުގައި ވާދަކުރާ އެކާވީސް ޓީމް ބަހާލާފައިވަނީ ހަތް ގްރޫޕްށެވެ. މުބާރާތުގެ
ދެވަނަ ބުރުގެ މެޗުތައް ފަށާނީ މިމަހުގެ ސާދަވަނަ ދުވަހުއެވެ.

މުބާރާތުގެ ފުރަތަމަ
މެޗްގައި ބައްދަލުކުރާނީ ބީއެމްއެލްއާއި އެމްއޭސީއެލްއެވެ. މިމުބާރާތުގެ ދެވަނަ
މެޗްގައި ވާދަކުރާނީ މޯލްޑިވިއަންއާއި އިމިގްރޭޝަންއެވެ. މިމުބާރާތުގެ ތިންވަނަ
މެޗްގައި ވާދަކުރާނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި އެމް.ޑަބްލިޔު.އެސް.އީ.
އަދި ހަތަރުވަނަ މެޗްގައި ވާދަކުރާނީ ފެމެލީ ކޯޓާއި މިނިސްޓްރީ އޮފް ޔޫތް އެންޑް
ސްޕޯޓްސްއެވެ.