ޚަބަރު

4 ރަށަކުން އަލަށް ކޯވިޑް-19ގެ ކޭސްތަކެއް


ރާއްޖޭގެ 4 ރަށަކުން އަލަށް ކޯވިޑް-19އަށް 7 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ މާލެއިން ރަށް ރަށަށް ގޮސް ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކުން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ރިލީީޒް ސާމްޕަލްއިން ޖުމްލަ 10 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ފިލިޕިންސްގެ ރައްޔިތެއް ފިޔަވާ މުޅިންވެސް ތިބީ ދިވެހިންނެވެ.

ރިލީޒް ސާމްޕަލްއިން ޕޮޒިޓިވްވި މީހުން

ރ.ދުވާފަރު 3 އަހަރުގެ ފިރިހެން ކުއްޖެއް
ރ.ދުވާފަރު 55 އަހަރުގެ އަންހެނެއް
ރ.ކިނޮޅަސް 53 އަހަރުގެ ފިރިހެނެއް (ފިލިޕިންސް)
ކ.ހިންމަފުށި 32 އަހަރުގެ ފިރިހެނެއް
ކ.ހިންމަފުށި 33 އަހަރުގެ ފިރިހެނެއް
ތ.އޮމަދޫ 2 އހަރުގެ ފިރިހެން ކުއްޖެއް
ތ.އޮމަދޫ 11 އަހަރުގެ ފިރިހެން ކުއްޖެއް
ތ.އޮމަދޫ 4 އަހަރުގެ އަންހެން ކުއްޖެއް
ލ.ގަން 8 އަހަރުގެ ފިރިހެން ކުއްޖެއް
ސ.ހިތަދޫ 24 އަހަރުގެ ފިރިހެނެއް

ރަށް ރަށަށް އެނބުރިގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންގެތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ހޯމް ކަރަންޓީންނަށްދާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ރިލީސް ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން ޢާއްމުންގެ ތެރެއަށް ނިކުމެ ނޫޅުމަށްވަނީ އިރުޝާދުދެއްވާފައެވެ. އެހެންނަމަވެސް ހޯމް ކަރަންޓީންނަށް ދާމީހުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އިރުޝާދުތަކަށް ޢަމަލުނުކުރާކަމުގެ ޝަކުވާތައްވަނީ އިތުރުވެފައެވެ. ހޯމް ކަރަންޓީންގެ އުސޫލާ ޚިލާފުވާ މީހުންނަށް އަންނަނީ ފިޔަވަޅުވެސް އަޅަމުންނެވެ.