ޚަބަރު

ގަސް އިންދުމުގެ ރެކޯޑެއް ކަރެކްޝަނަލް ސަރވިސްއިން ޤާއިމުކޮށްފި


އެއްތަނެއްގައި އެއްފަހަރާ އެންމެ ގިނަ ގަސް
އިންދުމުގެ ރާއްޖޭގެ ރިކޯޑް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޤާއިމްކޮށްފިއެވެ. 



ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް
ހިއްކާފައިވާ 245 ހެކްޓަރުގެ ބިމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ
"ފެހިވެހި" ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ 13 ހާހަށްވުރެ ގިނަ ގަސް
އިންދާފައެވެ.

މިއަދު ހިއްކި  ސަރަހައްދުގައި
ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް
މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވީ، މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު
ހުސް ބިމެއް ފެހި ކުރެވިގެން ދިޔުމަކީ، ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ބޮޑު
މަޝްރޫއަށް ސަރުކާރުންދޭ އަހައްމިއްޔަތުކަމާއި، އެކިއެކި މުއައްސަސާތަކުން ދޭ
އެއްބާރުލުން ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން
ވިދާޅުވީ، ދެވަނަ ފިޔަވަހި ޔޫތް ސިޓީއަކަށް ތަރައްޤީ ކުރާއިރު އެތަން ވެގެންދާނީ
ގްރީ އަދި ކްލީން ސިޓީއަކަށް ކަމަށާއި، ދެވަނަ ފިޔަވަހީގެ 170 ހެކްޓަރު ފެހި
ކުރަން ޖެހޭ ކަމަށެވެ.

އަދި މިއަދު އިންދި ތޭރަހާސް ގަހާއެކު 47 ހެކްޓަރ
ފެހިކުރެވުނީ ކަމަށް ސައިމަން ވިދާޅުވިއެވެ. ކަރެކްޝަނަލް ސަރވިސްއިން ބުނީ، ދެވަނަ
ފިޔަވަހީގައި ރެކޯޑެއް ގޮތަށް ގަސް އިންދުން ފާހަގަ ކުރަން ބޭނުންވީ،  ޖަލުގެ ތޭރިތައް ބަލަހައްޓަން ތިބޭ ބަޔަކަށް
މިފަދަ  ކަމެއް ކުރެވޭއިރު، އެހެން
އޮގަނައިޒޭޝަން މިފަދަ ކަންތައް ކުރަން ފަސޭހަވާނެކަން ދައްކައި ދިނުމަށް ކަމަށެވެ. 



މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަކީގައި 21
ހާހަށްވުރެ ގިނަ ގަސްވަނީ އިންދާފައެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ
މަޝްރޫއު ރައިސުލް ޖުމްހޫރީއްޔާ ރަސްމީކޮށް ފައްޓަވައިދެއްވީ އެޕްރީލް މަހުގެ 15
ވަނަ ދުވަހުއެވެ. 



***********