ޚަބަރު

މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާގެ ހާލު މިހާރުދަނީ ރަނގަޅުވަމުން


އިއްޔެ ހިނގި މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާގެ ހާލު، ވަރަށް ބޮޑު އޮޕަރޭޝަނަކަށްފަހު މިހާރު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ 3 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަކަށްފަހު ޕޯސްޓް އޮޕަރޭޓިވް ކިއުބިކަލް ވޯޑަށް އޭނާ މިހާރު ބަދަލުކޮށްފައިވާކަމަށެވެ. އަދި މިއަދު ހެނދުނު ޑޮކްޓަރުން އޭނާގެ ލޮލުގެ ޗެކަޕެއް ހަދާފައިވާކަމަށާއި، ލޮލުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.ޒަޚަމްކޮށްލާފައިވަނީ ޤާނޫނީ ވަކީލެއްކަމަށްވާ މަހްފޫޒް ސައީދުއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ބޮލަށް ވަޅި ހަރާފައިވަނީ ވަރަށް ނުރައްކާތެރި ހިސާބަކަށް ކަމަށާއި އޮޕަރޭޝަނަށްފަހު މިހާރު އޭނާ ސްޓޭބަލްކަމަށެވެ.މިޙާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:20 އެހާކަން ހާއިރު މާވެޔޮމަގު، ވާދީ ފްރެޝް ފިހާރަކައިރީގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.