ޚަބަރު

މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުން ބައެއް ބަންދުކޮށްފި


މާލެއާއި ހުޅުމާލެއާ ދެމެދު ކަރަންޓް ވިއުގަ ގުޅާލުމަށް ހިންގާ މަޝްރޫއުގެ މަސައްކަތެއް ކުރުމަށްޓަކައި ބުރިޖުގެ މާލެއާވީ ކޮޅުން ބައެެއް ބަންދުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ސްޓެލްކޯއިން އެ މަސައްކަތް ކުރުމަށްޓަކައި މިމަހުގެ 21ވަނަ ދުވަހުން ފެށިގެން، އަންނަ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހާއި ހަމައަށް ބުރިޖުގެ މާލެއާވީ ކޮޅުން ކަނާތު ލޭނުން ބައެއް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

މި ލޭންގެ ބައެއް ބަންދުކޮށްފައިވަނީ، ބްރިޖުން ދަތުރުކުރާ ފަރާތްތަކަށް ދަތި ނުވާނެ ގޮތަކަށް ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ އެތަން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.