ދީން

ޤުރުއާން ކްލާސްތަކަށް އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޤުރުއާން ކްލާސްތަކަށް މިއަަހަރަށް އެހީދިނުމަށް ހަމަޖެހިފައިވާތީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ޤުރުއާނާއިބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.އެހީ ދޫކުރާނީ އެކަމަށް އެދި ފޯމް ފުރިހަމަކޮށް ހުށަހަޅާ ޤުރުއާން ކްލާސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ 25 ޤްރުއާން ކްލާހަށްކަމަށްވެސް ޤުރުއާނާއިބެހޭ މަރުކަޒުން ހާމަކުރެއެވެ.އެހީއަށް އެދޭ ފޯމް އަދި ޤުރުއާން ކްލާސްތަކަށް އެހީދޭ އުސޫލު މިހާރު ޤުރުއާނާބެހޭ މަރުކަޒުން ލިބެންހުންނާނެކަމަށާއި ފޯމް ބަލައިގަންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ.