ދުނިޔޭގެ ވިޔަފާރި

އީޔޫއިން އެމެރިކާއަށް އެތެރެކުރާ އިހިން ނަގާ ޓެރިފް ކަނޑާލަނީ


އެމެރިކާއިން އީޔޫއަށް އެތެރެކުރާ ލޮބްސްޓަރ ނުވަތަ އިހިން ނަގާ ޓެރިފް ނެގުން ހުއްޓާލުމަށް އީޔޫއިން ނިންމައިފިއެވެ.

އީޔޫއަށް އެމެރިކާއިން އެތެރެކުރާ އިހިން ޓެރިފް ނެގުން ހުއްޓާލުމަށް އީޔޫއިން ނިންމާފައިވާއިރު، މިއީ މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އީޔޫއާއި އެމެރިކާއާ ދެމެދު އެކްސްޕޯޓްކުރާ މުދަލަކުން ނަގާ ޓެރިފް ކުޑަކުރަން ނިންމި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އީޔޫއަށް އެކްސްޕޯޓް އިހިން ނަގާ ޓެރިފް ކުޑަކުރުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމަޕް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެކެވެ.

އީޔޫއަށް އެތެރެކުރާ އިހިން ނަގާ ޓެރިފް ކުޑަކުރުމުން، އެމެރިކާއިން ވަނީ އީޔޫއިން އެތެރެކުރާ 160 މިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެރިފްގެ ދެބައިކުޅަ އެއްބައި ކަނޑާލަން ނިންމާފައެވެ.

އިހިން ނަގާ ޓެރިފް ކުޑަނުކޮށްފިނަމަ އީޔޫއިން އެމެރިކާއަށް އެތެރެކުރާ ކާރުން ނަގާ ޓެރިފް ބޮޑުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ވަނީ މީގެކުރިން ދެއްވާފައެވެ.