ދުނިޔެ

އިރާޤުގެ އެކި ސަރަހައްދުތަކުގައި އެތައްހާސް ބަޔަކު މުޒާހަރާކޮށްފި


އިރާޤުގެ ވެރިރަށް ބަޤްދާދާއި އުތުރުގެ އެހެން ބައެއް ސަރަހައްދުތަކުގައި އެތައްހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.މިމީހުން މުޒާހަރާކުރަމުންދަނީ ވެރިކަން ހިންގުމުގައި ހެޔޮ ބަދަލުތައް ގެނެސް، ސިޔާސީ ކޮރަޕްޝަން ނައްތާލުމަށް ގޮވާލައެވެ. ވެރިރަށް ބަޤުދާދުގެ އިތުރުން ނަޖަފާއި ބަސަރާގައި ކުރިއަށްދިޔަ މި މުޒާހަރާގައި އެތައްހާސް މީހުނެއް ބައިވެރިވެފައިވެއެވެ.މިމުޒާހަރާކޮށްފައިމިވަނީ ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އިރާގުގެ ޝީއީންގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ސިސްތާނީ ވިދާޅުވެފައިވަނިކޮށެވެ. ސިސްތާނީ ވަނީ، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އިސްފަންތީގެ ބޭފުޅުންނާއިމެދު ފިޔަވަޅު އެޅުމަށާއި ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް ގޮވާލާފައެވެ.