ސިއްހަތު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ޤަވާއިދުތަކެއް ހަދަނީ


ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ބާރުއަޅާ ޤަވާޢިދުތަކެއް ހެދުމަށް ޒުވާނުންނާއި ކަމާބެހޭ ތަޖްރިބާކާރުންނާ މަޝްވަރާކުރަމުންދާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.ޒުވާނުން ދުންފަތާދުރުހެލިކުރުމުގެ މަޤްޞަދުގައި " އައި ޗޫސް ލައިފް" ގެ ނަމުގައި މިއަދު ބޭއްވި ހިނގާލުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުން ދުންފަތާ ދުރުހެލިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިކަމަށް ބާރުއަޅާ ޤަވާއިދުތައް ހެދުމުގައި ޒުވާނުންނާއި އަދި ޤާނޫނީ ފަރާތްތަކާއި ޓެކްނިކަލް ފަރާތްތަކާއެކުވެސް މިހާރު މަޝްވަރާތަކެއް ކުރެވެމުންދާކަމަށެވެ.މިނިސްޓަރ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފެޝަނަބްލް ކަމެއް ނޫންކަމަށާއި އެއީ ދިރިއުޅުން ގެއްލިދާފަދަ ބަލިތައް ޖެހިދާނެކަމެއްކަމަށެވެ.ދައުލަތާ އަމިއްލަ އެކިއެކި އޮފީސްތަކާ މުއައްސަސާތަކުގެ ބައިވެރިވުމާއެކު މިއަދު ހަވީރު ސޯޝަލް ސެންޓަރުކައިރިން ފެށި މިހިނގާލުން ނިންމާލާފައިވަނީ އާރޓިފިޝިއަލް ބީޗާއި ހަމައިންނެވެ.