ކުޅިވަރު

އޮންދިގޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ދޮންދީނި ޓީމް ހޯދައިފި


އޮންދިގޯ ބަށި މުބާރާތުގެ ޗެމްޕިއަންކަން ދޮންދީނި
ޓީމް ހޯދައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިޔަ މިމުބާރާތުގެ
ޗެމްޕިއަންކަން އައްޑޫ ސިޓީ މީދޫގެ ދޮންދީނި ޓީމް ހޯދީ ފައިނަލްގައި މަރަދޫ
ކޮއިމަލާ ޓީމާއި ވާދަކޮށް ދިހަ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. މެޗް ނިމުނުއިރު
ކޮއިމަލާ ޓީމަށް ހެދުނީ 21 ލަނޑެވެ.  ޗެމްޕިއަން
ދޮންދީނި ޓީމް ވަނީ 31 ލަނޑު ހަދާފައެވެ. މިމުބާރާތުގެ ބަށި ރާނީއަކީ
ކޮއިމަލާ ޓީމްގެ ފާތިމަތު ފަހުމީއެވެ. ޗެމްޕިއަންޓީމަށް ވަނީ ފަސް ދޮޅަސް ހާސް ރުފިޔާ
ދީފައެވެ. އަދި މުބާރާތުގެ ދެވަނަ ޓީމަށް ވަނީ ފަންސަވީސް ހާސް ރުފިޔާ ދީފައެވެ. 

މުބާރާތް
ރާވާ އިންތިޒާމްކުރީ އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ފަރާތުންނެވެ.
މުބާރާތުގައި ވާދަކުރީ އައްޑޫ ސިޓީގެ ޓީމްތަކުންނެވެ.