ޚަބަރު

މާލޭގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި


މާލޭގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.މި ހާދިސާގައި ޒަހަމް ކޮށްލާފައިވަނީ 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.މި މީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއްކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:20 އެހާއިރު، މާވެޔޮ މަގުގައި ހުންނަ ވާދީ ފްރެޝް ފިހާރަ ކައިރީގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.