ވިޔަފާރި

ވޭލް ސަބްމެރީން މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރުން


ވޭލް ސަބްމެރީން މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ފަށައިފިއެވެ.ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް އަމާޒުކޮށްގެން 2000 ވަނަ އަހަރު ރާއްޖޭގައި އޮޕަރޭޓް ކުރަން ފެށި ވޭލް ސަބްމެރީންގެ އަހަރީ ދުވަހާއި ގުޅިގެން ސަބްމެރިން ޑައިވަށް ދާ ކޮންމެ ފަރާތަކަށް ސެޓްފިކެޓް ދިނުމާއި، މުނިފޫހި ފިލުވުމުގެ ގޮތުން، ބޮޑުބެރުގެ ހަރަކާތްތަށް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.މީޑިޔާއަށް މައުލޫމާތުދެއްވަމުން ޓްއަރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މާކެޓިންގް މެނޭޖަރ ހަސަން އައިމަން ވިދާޅުވީ އަހަރީ ދުވަހާއި ގުޅުވައިގެން ދިވެހިންނަށް ޚާއްސަ ޕެކޭޖްތައް ތައާރަފް ކޮށްފައިވާކަމަށެވެ. އަދި ޑިނަރ ނައިޓަކާއެކު، މިހަރަކާތްތައް މިސެޕްޓެމްބަރ މަހުގެ 14 އާ ހަމައަށް ކުރިއަށްދާނެކަމަށް ވޭލް ސަބްމެރީނުން މައުލޫމާތުދެއެވެ. ކުރިއަށްއޮތްތަނުގައި ވޭލް ސަބްމެރީންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މަސައްކަތްތަކެއް ފަށާފައިވާކަމަށާއި، "ސޭވް ދި ބީޗް" އާއި ގުޅިގެން،  ފަތުރުވެރިން  ސަބްމެރީންގައި ތިބެގެން، ފަރު ހިމެނޭ ސަރަހައްދުގައި އެފަރާތްތަކުން ބުނާތަނެއްގައި މުރަކަ އިންދުމުގެ ޕްރޮގްރާމެއްވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ވޭލް ސަބްމެރީން އޮޕަރޭޓް ކުރަންފެށިތާ 15 އަހަރު ވެފައި ވާއިރު އިއްޔެއާ ހަމައަށް ސަބްމެރީންވަނީ 8427 ޑައިވް ކޮށްފައެވެ.