ހުވަދު އަތޮޅު އުތުރު ބުރީގައި ހިންގަމުން އަންނަ ޕަރކް ހަޔާތް މޯލްޑިވްސް ހަނޑަހާ ރިސޯޓުން 2 މީހުން ކޯވިޑް 19އަށް ޕޮޒިޓީވްވެއްޖެއެވެ. ޕޮސިޓިވްވެފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެމީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއެވެ. މިއީ އެ ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުނު ފުރަތަމަ ފަހަރެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިހާތަނަށް 13 ރިސޯޓަކުން މިވަނީ ކޯވިޑް-19ޖެހިފައިވާ ބަޔަކު ފެނިފައެވެ. މީގެތެރޭގައި ހިމެނެނީ 7 ފަތުރުވެރިންނާއި ޕަރކް ހަޔާތްއިން ޕޮސިޓީވްވި ދެ މީހުންނާއިއެކު ޖުމްލަ 13 މުއައްޒަފުންނެވެ.
ރާއްޖޭގެ 15 ރަށަކުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެނިފައިވާއިރު ރާޢްޖޭގައި މިހާރުވެސް 2414 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.