ކުޅިވަރު

ބާސެލޯނާގެ ކޯޗުކަމުން ސެޓިއެން ވަކިކޮށްފި


ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކޮށްފިއެވެ.

އެކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އެންމެ ހަތް މަހަށް ފަހު އޭނާ މަގާމުން ވަކިކުރީ ސްޕެނިޝް ލީގު ގެއްލުމުގެ އިތުރަށް ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން ތަފާތު ބޮޑުކޮށް ބަލިވެ މުބާރާތުން ކެޓުމުންނެވެ. މިއާއެކު މި ސީޒަން ވެފައިވަނީ ބާސެލޯނާއަށް ތައްޓެއް ނުލިބި ނިންމާލަން ޖެހުނު ސީޒަނަކަށެވެ.

ސެޓިއެން އަށް ފަހު ބާސެލޯނާގެ ކޯޗުކަން ދިނުން އެންމެ ގާތީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި ހޮލެންޑްގެ ކޯޗު ރޮނާލްޑް ކޫމަން އަށެވެ. އޭނާ މިވަގުތު ހުރީ ބާސެލޯނާގައި ކަމަށް ވެސް ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ކޯމަންގެ އިތުރުން ކޯޗުކަން ދިނުމަށް ޝޯޓްލިސްޓްކޮށްފައިވާ ކޯޗުންނަކީ ޓޮޓެންހަމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ އާއި ރެއާލްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ އަދި ޔޫތު ޓީމުގެ ކޯޗު ހާވިއާ ގާސިއާއެވެ.

ބާސެލޯނާއިން ވަނީ ކުލަބުގެ ކުރިމަގާމެދު ގިނަ ނިންމުންތަކެއް ނިންމުމަށް މިއަދު ބޯޑު ކުއްލި ބޯޑު ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. މި ބައްދަލުވުމުން ފަސް ގަޑިއިރަށްވުރެ ގިނަވަގުތު ދިގުދެމިގެންގޮސްފައިވާއިރު ނިންމާފައިވާ ނިންމުންތަކުގެ ތަފްސީލެއްނުލިބެއެވެ. ކުލަބުން ޔަގީންކޮށްދީފައިވާ ހަމައެކަނި ކަމަކީ ވެސް ސެޓިއެން ކޯޗުކަމުން ވަކިކުރިކަމެވެ.