ކުޅިވަރު

ކޮންގެރެސްގައި 2ވަނަ އަދި 3ވަނަ ޑިވިޝަނުން ވޯޓްލާނެ ކުލަބްތައް


އެފްއޭއެމްގެ ކޮންގްރެސްގައި ތިން ވަނަ ޑިވިޝަނާއި ދެވަނަ
ޑިވިޝަނުން ވޯޓްދޭނެ ކުލަބްތައް ހޮވައިފިއެވެ.

 އެފްއޭއެމްގެ އަސާސީ ޤަވާއިދު
ފާސްކުރަން މާދަމާ ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވޯޓު
ދިނުމަށް ދެވަނަ ޑިވިޜަނުން ހޮވުނީ ކުލަބް ޒެފްރޯލްއާއި، ސްޕޯޓްސް ކުލަބް
މެކާނޯ އަދި ޔުނައިޓެޑް ވިކްޓަރީއެވެ. ތިންވަނަ ޑިވިޝަނުން މިކޮންގްރެސްގައި
ވޯޓްލުމުގެ ފުރުސަތު ލިބުނީ އެލްޓީ ސްޕޯޓްސް ކުލަބަށާއި،ރެޑްލައިން ކުލަބަށެވެ. ރޭ
އެފްއޭއެމް ހައުސްގައި ބޭއްވި ޕްރައިމަރީގައި ދެވަނަ ޑިވިޝަންގެ ކުލަބްތަކުގެ
ތެރެއިން މިޕްރައިމަރީގައި ވާދަކޮށްފައިވަނީ ހަތަރު ކުލަބެކެވެ. 

މެކާނޯއަށާއި، ޒެފްރޯލްއަށް ހަތަރު ވޯޓް ލިބިފައިވާއިރުު ޔުނައިިޓެޑް ވިިކްޓަރީއަށް ތިން ވޯޓް
ލިބިފައިވެއެވެ. ޖޭޖޭ ސްޕޯޓްސްއަށް ލިބިފައިވަނީ އެއް ވޯޓެވެ. ލިޔެކިޔުންތައް ހުށަނޭޅުމުގެ ސަބަބުން އޭވައިއެލްއަށާއި، ވިޔަންސާއަށް ވަނީ މިޕްރައިމަރީގައި
ބައިވެރިވުމުގެ ފުރުސަތު ގެއްލިފައެވެ. 

ތިންވަނަ ޑިވިޝަންގެ ޕްރައިމަރީގައި ވަނީ ފަސް
ކުލަބަކުން ބައިވެރިވެފައެވެ. އެލްޓީއއި ރެޑްލައިންއަށް ހަތް ވޯޓް ލިބިފައިވެއެވެ.
ގާމަގަށް ފަސް ވޯޓް ލިބިފައިވާއިރު އޮފްއެފްސީއަށް ހަތަރު ވޯޓް އަދި މުއިވެޔޮ
ފްރެންޑްސްއަށް ލިބުނީ އެއް ވޯޓެވެ. މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ
ކޮންގްރެސްގައި ދެވަނަ ޑިވިޝަނުން ތިން ކުލަބް އަދި ތިންވަނަ ޑިވިޝަންގެ ދެ
ކުލަބަކަށް ވޯޓް ލުމުގެ ފުރުސަތު ލިބިފައިވާއިރު، ދެން މިކޮންގްރެސްގައި
ވޯޓްލާނީ ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ތެރެއިން ވޯޓްލުމުގެ ފުރުޞަތު ނުލިބެނީ މަހިބަދޫ ސްޕޯރޓްސް ކްލަބަށެވެ. މަހިބަދޫއަށް ފުރުޞަތު ނުލިބެނީ އެފްއޭއެމްގެ ފުލް މެމްބަރަކަށް އަދި ނުވާތީއެވެ.

އެފްއޭއެމް ކޮންގްރެސް އޮންނާނީ މާދަމާ
ހެނދުނު ނުވައެއް ޖަހާއިރު ހޮޓެލް ޖެން ގައެވެ.