ޚަބަރު

ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 128


ރާއްޖެއިން މިއަދު ކޯވިޑް-19އަށް 128 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 127 މީހުން ޕޮޒިޓިވްވެފައި ވަނީ ގުރޭޓާ މާލެ އޭރިއާއިންނެވެ. އެކަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.

މިއަދު ރާއްޖެއިން ކޯވިޑް -19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 83 މީހުންނަކީ، ދިވެހިންނެވެ. އަދި ބަނގުލަދޭޝްގެ 35 މީހުން ޕޮޒިޓިވްވެފައި ވާއިރު، ދެން ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ 4 މީހުންނާއި، ނޭޕާލުގެ 2 މީހުންނާއި ސްރީލަންކާގެ 4 މީހުންނެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 5،494އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ، 36 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ،2،920 މަތިވެފައެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 21 މީހުން މަރުވެފައިވާއިރު، މިހާރުވެސް 156 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުނުވެ ތިބީ، 2،553 މީހުންނެވެ. އޭގެތެރެއިން، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ، 1476 މީހުންނެވެ.