ކުޅިވަރު

ވުލްވްސްގެ ސްކޮޑް ބޮޑުކުރަންޖެހޭ: ކޯޗު


އަންނަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއްނެރެން ބޭނުންނަމަ ވުލްވްސްގެ ސްކޮޑް ބޮޑު ކުރަންޖެހޭ ކަމަށް އެ ޓީމުން ބުނެފިއެވެ.

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ނުގޮސް ރޭ ކެޓީ މެޗަށް ފަހު ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިން ވަރަށް ގިނަ އަދަދަކަށް މެޗު ކުޅެފި ކަމަށާއި މިހެންވެ ކުޅުންތެރިން ވަރަށް ވަރުބަލި ކަމަށެވެ.

ކޯޗު ބުނީ ވުލްވްސް ޓީމުގައި ތިބީ 21 ކުޅުންތެރިން ކަމަށާއި މީގެ ތެރެއިން ގިނަ ކުޅުންތެރިން މި ސީޒަނުގައި މިހާތަނަށް 50 މެޗު ކުޅެފައިވާ ކަމަށެވެ. މިހެންވެ މިއީ އަރާމުކުރަންޖެހޭ ވަގުތު ކަމަށެވެ.

އޭނާ އަދި ބުނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ފުރުސަތު ލިބެން ވަރަށް ތަނަވަސް ފުރުސަތުތަކެއް އޮތް ނަމަވެސް ސީޒަން ނިމިގެންދިޔައިރު ގަދަ ހަޔަކުން ކައްސާލީ ވެސް ކުޅުންތެރިންގެ ވަރުބަލިކަމުގެ ސަބަބުން ކަމަށެވެ.

ވުލްވުސް ޕްރެމިއާ ލީގު ނިންމާލީ ހަތްވަނާގައެވެ. އެއީ ހަ ވަނަ ހޯދި ޓޮޓެންހަމާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ.