ޚަބަރު

ދޯންޏެއްގައި ރޯވެ އަޑިއަށްދަނީ، އެކަކަށް ވީނުވީއެއް ނޭނގެ


ރޯވެ އަޑިއަށްދިޔަ ދޯންޏަކުން ގެއްލުނު މީހަކު ހޯދަން ފަށައިފިއެވެ.

ލ.ގަމު ތުނޑިއާއި ދިމާލުން، ރޯވެ ދޯންޏެއް އަޑިއަށްގޮސްފައިވާކަމަށާއި މިދޯނީގައި ތިބި 10 މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. ގެއްލިގެން ހޯދަމުންދަނީ ދޯނީގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންންޑީއެފްގެ ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

ރޯވެ އަޑިއަށްގޮސްފައިވަނީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ދޯންނެކެވެ. ދޯނީގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާއިރު، ދޯނީގެ ފެންމަތީގައި އޮތްބައިން އަލިފާން ނިއްވާލުމުގެ މަސައްކަތްވެސް އެމްއެންންޑީއެފްގެ ކޯސްޓްގާޑުންދަނީ ކުރަމުންނެވެ.