ކުޅިވަރު

ކުޅުމުގެ ފުރުޞަތު ނުލިބޭނަމަ އާސެނަލް ދޫކޮށްލަން ޖެހިދާނެ: މާޓިނޭޒް


ކުޅުމުގެ ފުރުޞަތު ނުލިބޭނަމަ އާސެނަލް ދޫކޮށްލަން ޖެހިދާނެ ކަމަށް އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ.

ޖަރުމަނުގެ ކީޕަރު ލެނޯއަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުމުން ފުރަތަމަ 11ގައި ކުޅުނު މާޓިނޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އަދި އޭނާ ވަނީ އާސެނަލްއަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

ނަމަވެސް ލެނޯ އެނބުރި އައުމުން އޭނާ އަށް އަންނަ ސީޒަނުގައި ފުރަތަމަ 11އިން ޖާގަ ނުލިބިދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމުން ޖާގަ ހޯދަން ބޭނުންވާތީ، ކުޅެން އޭނާ ބޭނުންވާ ކަމަށް މާޓިނޭޒް ވަނީ އާސެނަލްގައި ބުނެފައެވެ.

ނަމަވެސް މިކަމާމެދު އަދި ވަކި ގޮތެއް ކޯޗު އާޓެޓާ ނުނިންމައެވެ. އަންނަ ސީޒަނަށް އާސެނަލް ތައްޔާރުވާއިރު އެޓީމަށް މައްސަލަ ކުރިމަތިނުވާ ހަމައެކަނި ޑިޕާޓްމަންޓަކީ ކީޕަރުގެ ޑިޕާޓްމަންޓެވެ. އެއީ އެއް ފެންވަރުގެ މޮޅު ދެ ކީޕަރުން ތިބުމުގެ ހިތްހަމަޖެހުން ކޯޗު އާޓެޓާއަށް އޮތުމެވެ.