ޚަބަރު

މަރުގެ އިންޒާރުދީ ނެރުނު ވީޑިއޯގެ މައްސަލަ ބަލަން ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބުގެ ފުރާނަފުޅައަށް ގެއްލުންދޭނެކަމަށް ބުނެ އިއްޔެ ޔޫޓިއުބުގައި ޢާއްމުކޮށްފައިވާ ވީޑިއޯގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެވީޑިއޯ ޔޫޓިއުބުގައި އާންމުކުރި ހިސާބުން ފެށިގެން އެމައްސަލަ ފުލުހުން ބަލަމުން އަންނަކަމަށެވެ. ނަމަވެސް އެމައްސަލާގެ  އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.ޔޫޓިއުބުގައި އާންމުކޮށްފައިވާ ތިން މިނެޓްގެ މި ވީޑިއޯގައި ފެންނަގޮތުން މަރުގެ ޢިންޒާރު ދީފައިވަނީ މޫނު ނިވާކޮށްގެން، ހަތިޔާރު އަޅައިގެން ތިބި 3 މީހެކެވެ. މި މީހުން ވާހަކަދައްކާފައިވަނީ ދިވެހި ބަހުންނެވެ. މި އިންޒާރު ދިން މީހުން ތިބީ ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތަކަށް ނިސްބަތްވާ ބައެއްކަމަށް ދޭ ހަވާ ގޮތަށް ކަމަށްވިއަސް، އެފަދަ ޖަމާޢަތަކުން މިކަމުގެ ޒިންމާ އަދި ރަސްމީކޮށް އުފުލާފައެއް ނުވެއެވެ. އަދި މިހާރު އެ ވީޑިއޯ ޔޫޓިއުބުން މިހާރު ނަގާފައެވެ.