ޚަބަރު

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 107 ދިވެހިން


މިއަދު ރާއްޖެއިން އިތުރު 143 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދޔ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 107 ދިވެހިންނާއި، ބަނގުލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 6 މީހަކާއި ނޭޕާލްގެ ދެމީހެކެވެ.

މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ޕޮޒިޓިވްވެފައި ވަނީ ގުރޭޓާ މާލެ އޭރިއާއިންނެވެ. އަދި 3 މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނެވެ.

މިއާއި އެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 5،041 އަށް އިތުރުވެފައެވެ. އަދި މިއާއި އެކު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ، 2.218އަށް އިތުރުވެފައެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 140 މީހަަކަށް ފަރުވާދެމުންދާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ތިބީ 1.478 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 13 މީހުންނެވެ. މިއާއި އެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދުވެސް ވަނީ 2،804އަށް މަތިވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން މަރުވެފައި ވަނީ 19 މީހުންނެވެ.