ޚަބަރު

މާފުށީ ޖަލުގައި ޤައިދީންނަށް ޚާއްސަކޮށް ކުރެހުމާބެހޭ ވަރކްޝޮޕެއް ފަށައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމް.ސީ.އެސްއިން އެލަވަންސް ވަޒީފާގައި އުޅޭ ޤައިދީންނަށް ޚާއްސަކޮށް “ސްޓަރޓިންގ އާރޓް ވަރކްޝޮޕް” ގެ ނަމުގައި ކުރެހުމާބެހޭ މަސައްކަތު ބައްދަލުވުމެއް މާފުށީ ޖަލުގައި ފަށައިފިއެވެ.

ތިން ހަފްތާގެ މުައްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ހަފްތާއަކު ފަސް ދުވަހު ކިޔަވާދޭނެއެވެ. އަދި މި މަސައްކަތު ބައްދަލުވުމުގައި ކުރެހުމަށް ޝައުގުވެރިވާ 8 ޤައިދީން ވަނީ ބައިވެރިވެފައެވެ.

މަސައްކަތު ބައްދަލުވުމުގައި ކުރަހަން ފަށައިގަންނާނެ ގޮތް ކިޔަވައިދިނުމުގެ އިތުރުން އެކި ބާވަތުގެ ޕެއިންޓް ބޭނުންކޮށްގެން ކުރެހުން ފުރިހަމަކުރާނެ އުކުޅުތައް ކިޔާދޭނެއެވެ. ޤައިދީްނަށް ކިޔަވައިދެނީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

ކޯވިޑް-19 އާއި ގުޅިގެން، ކްލާސްތަކާއި އެހެނިހެން މަސައްކަތްތައް މެދު ކަނޑާލި ނަމަވެސް، ސަރުކާރުން އައު އާންމު ހާލަތު އިއުލާންކުރުމާއި ގުޅިގެން، ރައްކާތެރި ފިޔަވަޅުތަކާއެކު ކޯސްތަކާއި ކްލާސްތައް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.