ޚަބަރު

މިއަހަރުގެ މިހާތަނަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވޭ - ޕޮލިސް


ފުލުހުންގެ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމަށް މިހާރުވެސް ތަފާތު 7 ޕްރޮގްރާމެއް ހިންގަމުންދާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. ފޮލިސް އެކެޑަމީއިން ކުރިއަށްގެންދާ އެކި ކަހަލަ ތަމްރީން ޕްރޮގްރާމުތަކާ ގުޅޭ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވަމުން ޕޮލިސް އެކެޑަމީގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ސާމީ ވިދާޅުވީ، މި އަހަރުގެމިހާތަނަށް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފީލްޑް ޓްރެއިނިން އާއި، ރާއްޖޭގައި އަމަލުކުރާ ގާނޫނުތައް ތަންފީޒު ކުރުމަށް ބޭނުންވާ ތަމްރީންތައް ހިމެނޭ ކަމަށް ސާމީ ވިދާޅުވިއެވެ.މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސާމީ ވިދާޅުވީ ފުލުހުން ކުރިއަށް ގެންދާ އެކިއެކި ތަމްރީންތަކުގައި އަސާސީ ތަމްރީނާއި މަސައްކަތުގެ ތަމްރީންވެސް ދެމުންދާކަމަށެވެ. "އަތޮޅުތަކުގެ ގިނަ ރަށްރަށުގައިވެސް ފުލުހުންގެ ގިނަ ކޭމްޕްތަކެއް އަންނަނީ ހިންގަމުން. މިކޭމްޕްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަޚްލާގާއި ހަރުދަނާ އުސޫލުތަކަށް މަގުފަހި ކުރިމަށް ގިނަޙަރަކާތްތަކެއް ހިންގޭ. ދިރިއުޅުމުގެ އަޚްލާޤުގެ ގިނަ ކަންތައްތަކެއް އުނގަންނައިދެވޭ" އޭނާ ވިދާޅުވިއެވެ.މި އަހަރު ކުރިއަށްވެސް ތަފާތު ޕްރޮގްރާމްތައް ރޭވިފައި ހުރިކަން ފާހަގަ ކުރައްވަމުން ސާމީ ވިދާޅުވީ، އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް ފުލުހުން ސެލްފް ޑިފެންސް ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.