ޚަބަރު

ކޯވިޑް-19 : ޕްލޭނިންގް މިނިސްޓްރީގެ 7 މުވައްޒަފުން ޕޮޒިޓިވްވެއްޖެ


މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ 7 މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެޗްޕީއޭ އިން ޕޮޒިޓިވްވާ މީހުންގެ ޒާތީ މައުލޫމާތު ހިއްސާއެއް ނުކުރެއެވެ.

ޖުލައިމަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރޭގައި ގިނައީ އޮފީސް މާޙައުލުން ޕޮޒިޓިވްވާ މީހުންކަން އެޗްއީއޯސީއިން މީގެ ކުރިން ވެސް ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއިން އިތުރު 148 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 4594އަށް އަރާފައެވެ.