ޚަބަރު

މަސްތުވާތަކެއްޗާއި އެކު އެއާރޕޯޓުން މީހަކު ހައްޔަރުކޮށްފި


ރިސޯޓަކަށް ދިޔުމަށްޓަކައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓަށް
ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު
ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިމީހާ
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް
އެއަޕޯޓްގައި މަސައްކަތްކުރާ ޓުއަރިސްޓް ޕޮލިސްގެ ފުލުހުން ޕެޓްރޯލް
ކުރަމުންދަނިކޮށް ޑޮމެސްޓިކް ޓާމިނަލް ކައިރިން މިމީހާގެ ޢަމަލުތައް ހުރިގޮތުން
ތުހުމަތުކުރެވިގެން ރޭ 20:50 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު
ޕެކެޓްތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސް
ކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ޖީބުންނެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ
ތަހުޤީޤު ކުރަމުންނެވެ.