ޚަބަރު

10 ގަރުނުކުރިން މުސްލިމް އިލްމުވެރިން މިވާހަކަތައް ބުނެދެއްވި


ކޯވިޑް-19 ވެގެންގޮސްފައި މިވަނީ 21 ވަނަ ގަރުނުގެ ތެރޭގައި އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ. މިޖީލު މީގެކުރިން ދެކެފައިނުވާ އެތައްކަމެއް ތަހައްމަލުކުރަން ޖެހުނު ނުރައްކާތެރި ބަލިމަޑުކަމަށެވެ. މީގެކުރިން ބައެއް ފޮތްތަކުން ފެނި އަޑުއެހިބަސްތަކަށް އަމަލުކުރަން ޖެހުނު ފަހަރަކަށެވެ. ކުޑަކުޑަ ލޮލަށް ނުފެންނަ ޖަރާސީމަކުން ފިލަން ގޭގެ ހަތަރު ފާރުގައި ބަންދުވެ އެކަހެރިކުރުވި ވޭނަކަށެވެ. ޖަމާއަތުގައި ނަމާދުކުރުމާއި ހަފްލާތަކާއި ގިނަ ބަޔަކު އެއްވެ ކުރާ ހުރިހާކަމެއް ދޫކޮށްލާ އަވަސް އަވަހަށް އަތްދޮވުމާއި މި ނޫންވެސް ރައްކާތެރި ފިޔަވަޅުތައް އަޅަން މަޖްބޫރުކުރުވިކަމަށެވެ. މީ މިޖީލު ދުށް ނުވަތަ އުޅެންޖެހިދާނެ ގޮތެއްކަމަށް ހީކުރި ބަޔަކު ނޫޅޭނެއޭ ބުނުން އެއީ ދޮގަކަށް ނުވާބެއެވެ؟

ދަންނަވަން މިއުޅެނީ މީގެ 64 އަހަރުކުރިން ފެނިފައިވާ މަންޒަރުތަކެއްގެ ވާހަކައެވެ. 1956 ވަނަ އަހަރު އުޒެބެކިސްތާނުގެ ޓާޝްކެންޓް ޕްރޮޑަކްޝަނުން އުފައްދާ އާއްމުންނާއި ހަމައަށް ދޫކޮށްލި ޑޮކިއުމެންޓަރީއެއްގެ ވާހަކައެވެ. މި ޑޮކިއުމެންޓަރީގައި ދައްކުވައިދެނީ މިޒަމާނުގެ ބޭސްވެރިކަމުގެ ބާނީ މުސްލިމް އިލްމުވެރިޔާ އިބްނު ސީނާއާއި އަލް ބައިރޫނީ ކިޔާ އިލްމްވެރިޔަކާއި ދެމެދު ދެކެވޭ ވާހަކަތަކެވެ. މި އިލްމުވެރިޔާއަށް އިބްނު ސިނާ ބުނެދެއްވީ ބަލިމަޑުކަމެއްގެ ކުރަންވީ ކަމާއި ނުކުރަންވީ ކަންކަމެވެ.

އިބްނު ސީނާ ބޭސްވެރިކަމުގެ ބައްޕަ

980 ގައި ބުހާރާ މިހާރުގެ އުޒްބެކިސްތާނަށް އުފަން އިބްނު ސީނާއަކީ ދުނިޔެ ދުށް ބޭސްވެރިކަމުގެ އެންމެ މޮޅު އެއް އިލްމުވެރިޔާއެވެ. އިބްނު ސީނާ އެންމެ ބޮޑަށް ފާހަގަވެގެންދަނީ ބޭސްވެރިކަމުގެ ރޮނގުން ލިޔުއްވާ ދޫކޮށްލެވި ފޮތްތަކުންނެވެ. އޭނާ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން " ކިތާބް އަލް ޝިފާ "، އިނގިރޭސި ނަމުންނަމަ "ދަ ބުކް އޮފް ކިއޯ" އަދި " އަލް ޤާނޫން ފީ އަލް ތިބް" ނުވަތަ " ދަ ކެނޮން އޮފް މެޑިސިން" މި ދެ ފޮތަކީ މި ޖީލުގެ ދަރިންނަށްވެސް ބޭސްވެރިކަން ކިޔަވައިދިނުމަށް ބޭނުންކުރަމުން އަންނަ ފޮތްތަކެވެ.

ކަރަންޓީނަކީ ބޭސްވެރިކަމުގެ ދުނިޔޭގައި އާކަމެއް ނޫން

ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުން ދާ ދުވަސްވަރު މިބަލިން ރައްކާތެރިވުމަށް އެޅި އެންމެ މުހިއްމު އެންމެ ވަރުގަދަ އެއް ފިޔަވަޅީ ކަރަންޓީނުކުރުން ނުވަތަ އެކަހެރިކުރުމެވެ. މިއަދު އެންމެންގެވެސް އެންމެ އާއްމު ބަހަކަށް ވެފައިވާ މި ބަސް ނުވަތަ މިކަން ތައާރަފުކޮށްދިނީ ޔޫރަފްގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންނެއް ނޫނެވެ. ނުވަތަ މިއަދު އަޅުގަޑުމެން މި ދެކޭ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއެއްވެސް ނުމެނޫނެވެ.

މިއީ މީގެ 10 ޤަރުނުގެ ކުރިންވެސް ގައިންގަޔަށް އަރާ ބަލިތަކާއި ދެކޮޅަށް އިންސާނުން ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އަދުގެ ޒަމާނީ ބޭހުގެ ބައްޕަކަމުގައި މުޅި ދުނިޔެ ޤަބޫލުކުރާ އިބްނު ސީނާވަނީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އެންމެ މަދުވެގެންވެސް 40 ދުވަހުގެ މުއްދަތެއްގައި އެކަހެރިވާންޖެހޭނެކަން އިސްލާމީ އިލްމުތަކުގެ އަލީގައި ބުނެދީފައެވެ. އަދި މީގެއިތުރުން ބަލި ހުރި މީހުންވަކިން ކޮޓަރިތަކުގައި ބޭތިއްބުމުގެ މުހިއްމުކަން އިންސާނީ ދަރިފަސްކޮޅަށް މީގެ 10 ޤަރުނު ކުރިން ވަނީ ކިޔާދެއްވާފައެވެ. އެއަށްފަހު ވޭތުވެގެންދިޔަ 10 ޤަރުނުގެ ތެރޭގައި ދުނިޔެ ކުރިމަތިލީ ކޮންމެ ބޮޑު ބަލިމަޑުކަމެއްގައި އިސްލާމްދީނާއި އެނެމް ދެކޮޅު ހަދަމުން އަންނަ މީހުންނަޥެސް މަޖްބޫރުވެފައިވަނީ އިބްނު ސީނާގެ މިހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި އަމަލުކުރާށެވެ.

އޭރު އަތްދޮވުނީ ވިނިގާއިން

މިހާރުގެ ޖީލަށް ވިނިގަރގެ ބާރުގަދަކަމުގެ ވާހަކަ ބުނެދޭން ޤައިމުވެސް ނުޖެހޭނެއެވެ. ދަބަރުޖަހާފައި ހުންނަ ތަންތަނާއި ބޮޑަށް ކިލާވެފައި ހުންނަތަންވެސް ސާފުކޮށްލަން ވިނިގަރ ބޭނުންކުރާ މީހުން މަދެއް ނުވާނެއެވެ.

މީގެ އެތައް ޤަރުނެއް ކުރިން އިބްނު ސީނާވެސް ބުނެދެއްވީ މި ވާހަކަތަކެވެ. ވައިރަސް ހުންނަ މީހަކު އަތްލާ ތަނެއްގައި އެހެން މީހަކު އަތްލުމުން އެމީހާއަށް ފަސޭހަކަމާއިއެކު ވައިރަސް އަރާ ބަލިޖެއެވެ. އެހެންކަމުން ގިނަގިނައިން އަތްދޮވުމަކީ އެކަކުގެ ކިބައިން އަނެއް މީހާއަށް ވައިރަހުގެ ނުރައްކާ ކުޑަކުރުމަށް ކުރަން އެންމެ މުހިއްމުކަމެވެ. މީ އެތައް ޤަރުނެއް ކުރިން އެކި ބްރޭންޑްތަކުގެ ސައިބޯންޏާއި އެހެނިހެން ސާމާނު ނެތްއިރިވެސް އިބްނު ސީނާ މީހުންނަށް ބުނެދެނީ ފަސޭހައިން ވައިރަސް ފިލާނެ އެއްޗެއްގެ ވާހަކައެވެ. އިބްނު ސީނާ ބުނެދެއްވީ އަތޮދޮވުމުގައި ވިނިގަރ ބޭނުންކުރާށެވެ. ސަބަބަކީ ވައިރަސް ފިލުވާނެ މާއްދާތައް އޭގައި ހިމެނިފައިވާތީއެވެ.

ކޯވިޑުންވެސް ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރަން ސިއްހީ މާހިރުން މިއަދުވެސް ލަފާ ދޭ ލިސްޓުގެ އެންމެ ކުރީގައި އޮތީ ގިނަ ގިނައިން ސައިބޯނި ނުވަތަ ސެނިޓައިޒަރ ލައިގެން އަތްދޮވުމެވެ. ސެނިޓައިޒަރ މީ އިބްނު ސީނާ އޭރު ބުނެދެއްވި ވިނިގަރގެ ބަދަލުގައި މިއަދު އަތްދޮންނަން ބޭނުންކުރާ އެއްޗެވެ. މީގެ ފެންނަން އޮތް ހަޤީގަތަކީ އިބްނު ސީނާ އެދުވަހު ބުނެދެއްވި ވިނިގަރ އާއި މިއަދު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އުފައްދާ ސެނިޓައިޒަރވެސް އުފެއްދުމުގައި މިންގަޑުތައް ދިމާވާކަމެވެ. މި ދޭތި އުފެއްދުމުގައި އޭގައި އެންމެ މުހިއްމު އަދި އެންމެ ގިނައިން ބޭނުންކޮށްފައި ހުންނަ މާއްދާއަކީ އެތަނޯލްއެވެ. މިކަންވެސް މުސްލިމް އިލްމެވެރިން މިވަނީ މީގެ އެތައް އަހަރެއް ކުރިން ބުނެދެއްވާފައެވެ.

ބާޒާރުތަކާއި މިސްކިތްތައްވެސް ބަންދުކުރި

މިއަދުގެ މި ހާލަތުގައި މިސްކިތްތައް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމުން އެކަމާއި މެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރިއެވެ. ސަބަބަކީ އެއީ މީގެކުރިން އަޅުގަޑުމެންނަށް ފެނިފައި ނުވާ ތަޖުރިބާކޮށްފައި ނުވާކަމަކަށްވާތީއެވެ. އަދި އެއަށްވުރެ ބޮޑު އެއް ސަބަބަކީ އެކަންކަން ހުއްޓާލުމަށް ޣައިރު މުސްލިން ބާރު އަޅަމުން ދިއުމެވެ.

އެހެންނަމަވެސް މިއީވެސް މުސްލިމް އުއްމަތަށް އާކަމެއް ނޫނެވެ. ބަލި ފެތުރޭ ނިސްބަތް އިތުރުވަނީ ގިނަ މީހުން އެއްތަނަކަށް ޖަމާވުމުގެ ސަބަބުންކަމަށް ވާތީ މުސްލިމް އުއްމަތް ފަޚުރުވެރިވާފަދަ އެތައް ހޯދުންތަކެއް ހޯއްދަވާދެއްވި އިބްނު ސީނާވަނީ ބާޒާރުތައް ބަންދުކުރުމަށް ގޮވާލައްވާފައެވެ. އަދި މިސްކިތްތައްވެސް ބަންދުކޮށް ގޭގައި ނަމާދުކުރުމަށްވެސް އިބްނު ސީނާ ވަނީ އިލްތިމާސްކުރައްވާފައެވެ. އިބްނު ސިނާގެ މި އިލްތިމާސް އޭގެ ފަހުން ދިމާވި މިފަދަ ކޮންމެ ބޮޑު ބަލިމަޑުކަމާއި ދެކޮޅަށް ސައިންސްވެރިންނާއި ސިއްޙީ ދާއިރާއިން ބޭނުންކުރާ އުކުޅަކަށްވަނީ ހަދާފައެވެ.

ކާބޯތަކެތި ޑެލިވަރީވެސް 10 ޤަރުނުކުރީގެ އުކުޅެއް

ކޯވިޑާއި ގުޅިގެން އައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކަށްވީ ވިޔަފާރިކުރުމަށް އައި ބަދަލުތަކެވެ.
ކާބޯތަކެއްޗާއި އެނޫންވެސް ދިރިއުޅުމުގެ ކަންކަމަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ގަންނާކަށް ނުނިކުމެވުނެވެ. ޖެހެނީ ވިޔަފާރިކުރާ މީހުންނަށް ގުޅާ ގެއަށް ޑެލިވަރީ ކުރުމުގެ ހިދުމްތައް ހޯދާށެވެ. މުޅި ދުނިޔޭގައިވެސް މިކަން ފެށިއެވެ. އެންމެ ކުޑަ ފިހާރައިން ފެށިގެން ގޮސް ބޮޑެތި ފުޑް ޗޭންތަކާއި ހަމައަށެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖޭގައިވެސް މިކަން ފެށިއެވެ. އެތައް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ތަކެތި ލިބުން ލަސްވުމާއި ލިބޭ ތަކެތި ހަލާކުވެފައި ހުރުމާއި މިގޮތަށް އެތައް ޝަކުވާތަކާއި ފެންމަތިވެގެން އައެވެ.

މިއީ ޙާލަތުގެ ގޮތުން އަލަށް އުފަންވި ކަމެއްކަމަށް ޤަބޫލުކޮށް މުޅި ވިޔަފާރިތައް މި ގޮތަށް ބަދަލުކޮށްލި އެތައް ބަޔަކުވެސް ތިއްބެވެ. އެހެންނަމަވެސް މީވެސް މީގެ ޒަމާންތަކެއް ކުރިން ކޮށް އެކަން ކުރަންވީ ގޮތް މުސްލިމް އިލްމުވެރިން ކިޔާދެއްވާ ބުނެދެއްވާފައި ކަމެކެވެ. މިކަން މިގޮތަށް ކުރުމަށް އިބްނު ސީނާގެ މަޝްހޫރު ދަ ކެނޯން އޮފް މެޑިސިންގައި އޭނާވަނީ ކިޔާދެއްވާފައެވެ. މިއާއެކު އޭރުގެ ވެރިންނާއި ޤައުމުތަކުން ވަނީ މިކަންކަމަށް ޢަމަލުކޮށް ތަޖުރިބާވެސް ކޮށްފަައެވެ. އަދި ވިޔަފާރިކުރުމަށް އެޒަމާނުގައި ބޭނުންކުރަމުން އައީ ފައިސާ ފޮތިކަމުން އެވެސް ވިނިގާ ބޭނުންކޮށްގެން ދޮވުމަށްވެސް އިބްނު ސީނާވަނީ ކިޔާދެއްވާފައެވެ.

ކޯވިޑް-19އާއި ގުޅިގެން މި ހުރިހާކަމެއް ކުރުމަށް ސިއްޙީ މާހިރުން ބާރުއަޅުއްވަމުން ގެންދަވާއިރު މިއީ ފަސޭހަ ކަމެއް ނޫންކަންވެސް އެބޭފުޅުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް މިއީކީ އާކަންކަމެއް ނޫނެވެ. ގިނަގިނައިން އަތްދޮވުމާއި އެކަކު އަނެކަކާ ބައްދަލުކުރުން މަދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި މިސްކިތްތަކާއި ބާޒާރުތައް ބަންދުކުރުމާއި މީހުން ކަރަންޓީނުކުރުމާއި ޑެލިވަރީކުރުން މިއީ މުޅިންވެސް 10 ވަރަކަށް ޤަރުނު ކުރިން ފެށިގެން ބަލިމަޑުކަމުން އަރައިގަތުމަށް އިންސާނުން ބޭނުންކުރަމުން އައި އެކި އުކުޅުތަކެވެ.

ފެންނަން އޮތް ހަގީތަކީ މީގެ ދިހަ ޤަރުނުކުރިން މުސްލިމް އިލްމުވެރިންމިވަނީ މި ވާހަކަތައް އިންސާނުންނާއި ހަމައަށް ގެނެސްދީފައެވެ. ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެން ފަށައިިފިނަމަ މިހާރު މިކުރާ ހުރިހާކަމެއް ކުރަން މުސްލިމް އިލްމުވެރިން ކިޔާދެއްވީ ދީނުގެ މުހިއްމު އަސާސްތަކާއި ކީރިތި ރަސޫލާގެ މުހައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ‎ ހަދީޠް ތަކާއި އެ ދުވަސްވަރުގެ ކަންކަމުން އިލްމް އެނގިވަޑައިގެން ތިއްބަވައެވެ. އަދި އެކަންކަމުގައި މުސްލިމް އިލްމުވެރިން ވަނީ ނަމޫނާވެސް ދައްކާފައެވެ. މިހާރު މިކުރާ އެންމެ ކަމެއްވެސް އުންޏެއްނުވެއެވެ.

ފިޒާ

ވަރަށްފުރިހަމަލިއުމެއް

×ޒރ

މާޝާﷲ ވަަރަށް ފުރިހަމަ ލިޔުމެއް