ވިޔަފާރި

އިންޓަރނޭޝަނަލް ފިޝަރީ އެންޑް ސީފުޑް އެކްސްޕޯގައި ރާއްޖެ


ޗައިނާގައި ކުރިއަށްދިޔަ "އިންޓަރނޭޝަނަލް ފިޝަރީ އެންޑް ސީފުޑް އެކްސްޕޯ 2015"ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ އަށާވީހުން ފެށިގެން މިއަދުގެ ނިޔަލަށް ޗައިނާގެ ގުއަންޒޫގައެވެ. މިފަހަރުގެ އެކްސްޕޯގައި ދިވެހިރާއްޖޭން ބައިވެރިވެފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި، މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެންކަމަށް ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މިގޮތުން ރާއްޖޭގެ ފަރާތުން މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ އިތުރުން ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި މިފްކޯ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް މެރައިން ފްޑްސް ޕްރައިވެޓް ލިމިޓެޑް، އަދި ސީޕްރިއާ މެރިން ފްޑްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.ފިޝަރީޒް މިނިސްޓްރީން ބުނީ މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވުމުން، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓްކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާކަމަށާއި އަދި ދިވެހިމަސްވެރިން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުޞަތު މިފަދަ އެކްސްޕޯތަކުގެ ސަބަބުން ތަނަވަސްވެގެންދާކަމަށެވެ. އަދި މި އެކްސްޕޯގައި ރާއްޖޭގައި އުފައްދާ، މަހުގެ ބާވަތްތަކުގެ ތެރެއިން 100އަށް ވުރެ ގިނަ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯޓްކުރުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.މީގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި ތިމާވެއްޓާ ރަށްޓެހިކޮށް ރާއްޖޭގައި ކުރަމުން އަންނަ ދޮށީގެ މަސްވެރިކަންވެސް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުންފުނިތަކުން ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.