ޚަބަރު

ޕޮއިންޓް ދޭ ހިސާބަށްވަނީ ގޮސްފަ، ލަސްވީ މުވައްޒަފުން ޕޮޒިޓިވްވުމުން - ފްލެޓް ކޮމެޓީ


ހިޔާ މަޝްރޫއުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ލިސްޓް މިމަހު އާއްމުނުުކުރެވުނީ ކޮމެޓީގެ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވެ މެމްބަރުން ކަރަންޓީނަށް ދާންޖެހުމުންކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ހާމަކޮށްފިއެވެ.

އެ ކޮމެޓިން ބުނީ ކޮމެޓީގެ މުވައްޒަފަކު ކޯވިޑަށް މިދިޔަ މަހުގެ 28 ވަނަދުވަހު ޕޮޒިޓިވްވުމުން ކޮމެޓީގެ ބައެއް މުވައްޒަފުން ކަރަންޓީނުކުރަންޖެހި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތައް ކޮމެޓީގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަންޖެހުނުކަމަށެވެ. އަދި އިއްޔެ އެ ކޮމެޓީގެ އިތުރު މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމުން 14 ދުވަހަށް ކޮމީޓީގެ މެމްބަރުންނާއި ހުރިހާ މުވައްޒަފުން ގޭގައި މަޑުކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އަންގާފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ.

ކޮމެޓީން ބުނީ މަސައްކަތް ހުއްޓާލަން ޖެހިފައިމިވަނީ މިދިޔަ މަހުގެ ފަހުކޮޅު ނުވަތަ މިމަހުގެ ކުރީކޮޅު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް ޢާންމުކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދަނިކޮށްކަމެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް ޢާންމުކުރުން ލަސްވެގެންދާނެކަންކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.

ކޮމެޓީން މަސައްކަތް ގޮސްފައިވާ ހިސާބު

- H4 (ޑޮކްޓަރުންނާއި ނަރުހުން) ލިބޭ ފްލެޓްތަކަށް ކުރިމަތިލާފައިވާ 284 ފަރާތުގެ ތެރެއިން އެންމެ މީހަކު ފިޔަވާ ހުރިހާ އެންމެންގެ ފޯމުތައް ބަލާ ޗެކްކޮށް ވަނީ ނިމިފައެވެ. އެމިހާގެ ދިރިއުޅުމުގެ ހާލަތު ބެލިފައިނުވަނީ މާލޭގައި ނޫޅޭތީކަމަށްވެސް ފްލެޓް ކޮމެޓީން ބުނެއެވެ.

-H5 (ޓީޗަރުން) ފްލެޓް ލިބޭ މި ކެޓަގަރީން 720 ފަރާތަކަށް ފްލެޓް ލިބޭއިރު އެންމެ މީހެއް ފިޔަވާ މި ކެޓަގަރީގެވެސް އެންމެންގެ ފޯމުތައް ބަލާ ޗެކްކޮށް ވަނީ ނިމިފައެވެ. މި މިހާގެވެސް ދިރިއުޅުމުގެ ހާލަތު ބެލިފައި ނުވަނީ މާލޭގައި ނުޅޭތީކަމަށް ކޮމެޓީން ބުނެއެވެ.

- H8 (މާލޭ ރަށްވެހިން) ޕްލެޓް ދޫކުރާ މި ކެޓަގަރީން 4261 މީހުންނަށް ފްލެޓް ލިބޭއިރު 23 މީހަކު ނޫން އެންމެންގެފޯމުތައް ބަލާ ޗެކްކޮށް ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ.

މި ކެޓަގަރީތަކުގެ ފޯމުތަކުގެ ތެރެއިން ފިޒިކަލް ވެރިފިކޭޝަން ފުރިހަމަކުރެވިފައިނުވާ ފޯމަތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކަށް ޕޮއިންޓް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ. އަދި H7 ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ ޕްރޮސެސް ވަނީ ފަށާފައެވެ. މިގޮތުން ޖުމްލަ 12013 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާ ނިމިފައިވާކަމަށްވެސް ކޮމެޓީން ބުނެއެވެ. ކޮމިޓީގެ މަސައްކަތް އަލުން ފެށުމާއެކު، ވީ އެންމެ އަވަސް ތާރީޚެއްގައި ލިސްޓްތައް ޢާންމުކުރަން ފަށާނެކަމަށްވެސް ކޮމެޓީން ވަނީ ބުނެފައެވެ.

ޢަހު

ނުވާނެ ނޭނގޭ ބަޔަކަށް ކިހިނެތް ކަމެއް ކުރެވޭނީ