ސިޔާސީ

މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ އިސްލާހު ފާހެއްނުވާނެ


ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރައީސްކަން ގެއްލޭ ފަދަ ގޮތަށް ހުށައަޅާފައިވާ އިސްލާހަކީ ޕީޕީއެމް ބައިބައިކޮށްލުމުގެ މަޤްޞަދުގައި އިދިކޮޅު ފަރާތްތަކުން ހުށައެޅި އިސްލާހެއްކަމަށާއި، އެއިސްލާހު ފާސްނުވާނެކަމަށް ޕީޕީއެމް ޕާލިމަންޓްރީގްރޫޕުގެ ނާއިބު ލީޑަރު ވިދާޅުވެއްޖެއެވެ.މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރު ކަމަށެވެ.ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، އެމައްސަލައާއި މެދު އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށާއި، ނަމަވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެއިސްލާހާއި ދެކޮޅު ހައްދަވާކަމަށެވެ.  އަލީ އާޒިމް ހުށައެޅުއްވި އިސްލާހާއި ގުޅިގެން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ގިނަ މެމްބަރުނ ގެންދަވަނީ ސޯޝަލްމީޑިއާގައި އެއިސްލާހު ފާސްނުކުރައްވާނެކަމަށް ވިދާޅުވެ އެއިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.