ޚަބަރު

ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު ހައްޔަރުކޮށްފި


ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުވަދުއަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާގުޅިގެން އެމައްސަލަ ތަހުޤީގު ކުރަމުންދާކަމަށެވެ. އަދި މިމައްސަލާގައި މިހާރު އެރަށުން 46 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާކަމަށެވެ.

މިމައްސަލަ ބެލުމުގައި ލަސްތަކެއް ވުމުގެ ސަބަބުން މިހާދިސާ ހިނގިރަށުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައިވަނީ އެރަށުގެ ބަޔަކު ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.