ޚަބަރު

ވަގަށް ނަގާފައިވާ -/36202 ރުފިޔާ ވަޅުލާފައި ހުއްޓާ ހޯދައިފި


ރ.މަޑުއްވަރީ ފިހާރަ އެއް ފަޅާލައި ވަގަށް ނަގާފައިވާ -/36202 ރުފިޔާ އާއި ގިނަ ޢަދަދެއްގެ ފޯނުކާޑު ހޯދާ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދަންވަރު ހިނގި މިވައްކަމާއި ގުޅިގެން، ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދަން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި މިފައިސާ ހޯދާފައިވަނީ މިމައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި ވަނިކޮށާއި އަނެކަކު ދިރިއުޅޭ ގޭގެ ފާޚާނާ ތެރޭގައި ފޮރުވާފައި ހުއްޓައިކަމަށެވެ.މިމައްސަލާގައި ހައްޔަރުކުރި 24 އަހަރުގެ މީހާއަކީ މަސްތުވާ ތަކެތި ބޭނުން ކުރުމާ ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެެއް ކަމަށާއި 20 އަހަރުގެ މީހާއަކީ ވައްކަން ކުރުމާ، އަމުރަށް ނުކިޔަމަންތެރި ވުމާ، މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެެއް ކަމަށް ފުލުހުން ބުނެއެވެ.މިމައްސަލަ ރ. މީދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީގް ކުރަމުންނެވެ.