ކުޅިވަރު

ޓޮރީނޯ ބަލިކޮށް ރޯމާއިން ޔޫރޮޕާ ލީގުން ޖާގަ ހޯދައިފި


އިޓާލިއަން ލީގުގައި ޓޮރީނޯ ބަލިކޮށް ރޯމާއިން ޔުއެފާ ޔޫރޮޕާ ލީގުން ޖާގަ ހޯދައިފިއެވެ.

ލީގުގައި ރޭ ރޯމާއިން ޓޮރީނޯގެ މައްޗަށް ކުރި ހޯދީ އެޓީމުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މި މެޗު ރޯމާއިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓޮރީނޯގެ ފުރަތަމަ ލަނޑު ޖާހަފައިވަނީ މެޗުގެ ސާދަ ވަނަ މިނެޓުގައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރޯމާގެ ޒެކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ރޯމާއަށް ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރިސް ސްމޯލިން ވަނީ ރޯމާއަށް ލަނޑެއް ޖަހައިދީ ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރޯމާއަށް ލީޑު ފުޅާކޮށްދިން ލަނޑު 61 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ، ޑިއާވަރާއެވެ. މި ޕެނަލްޓީ ކާމިޔާބުކުރިތާ ހަތަރު މިނެޓު ފަހުން ޓޮރީނޯގެ ސިންގޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-3 އަކަށް ބަދަލުކޮށްލާފައެވެ.

މި ސީޒަންގެ ވެސް ޔުރޮޕާ ލީގުގައި ވާދަކުރަމުން ރޯމާއިން އަންނަ ސީޒަންގެ ޔުރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ ތާވަލުގެ ފަސް ވަނަ ޔަގީންކޮށްގެންނެވެ. ބާކީ އެއް މެޗު ލީގުގައި އޮތް އިރު ރޯމާއަށް ލިބެނީ 37 މެޗުން 67 ޕޮއިންޓެވެ. މި ސީޒަންގެ ޔުރޮޕާ ލީގު ރޯމާއިން ކާމިޔާބުކޮށް ނަޕޯލީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި ކަމަށްވާނަމަ ދެޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ލިބޭނީ ހަތަރު ވަނައިގައި ވާ ލާޒިއޯއަށެވެ. އަންނަ ސީޒަނުގައި އިޓަލީގެ ތިން ޓީމެއް ޔުރޮޕާ ލީގުގައި ވާދަކުރާނެއެވެ. އެއީ ރޯމާ އާއި އޭސީ މިލާންގެ އިތުރުން ނަޕޯލީއެވެ.