ޚަބަރު

ކޯވިޑް19 : ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިީ - ނައިބު ރައީސް


ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ކޯވިޑް-19އާއި ގުޅިގެން ދަތި އުނދަގޫ ދުވަސްތަކެއް ރައްޔިތުން ހޭދަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ޖަމާޢަތުގައި ނަމާދު ނުކުރެވުމާއި، ސްކޫލްތަށް ބަންދުވެ، ވިޔަފާރިތައް ހުއްޓުމާއި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން ހުރިހާ ރައްޔިތުން ތަޙައްމަލްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި މިޙާލަތަށް އަނބުރައި ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ނައިބުރައިސް ގޮވާލެއްވިއެވެ.

ރޭ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވެސްވަނީ ކޯވިޑް-19ގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބަލި ކޮންޓްރޯލްކޮށް، ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެންބުމަށް މިނިސްޓަރ އަމީން އެދިވަޑައިގެންނެވިއެވެ.