ދުނިޔެ

އެމެރިކާގެ އިޤްތިޞާދު ކުރިއަރަމުންދާކަމަށް އޮބާމާ ވިދާޅުވުން


އެމެރިކާގެ އިޤްތިޞާދު ހަރުދަނާކަމާއެކު ކުރިއަށްދާކަމަށް ރައީސް ބަރަކް
އޮބާމާ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ
ލޫޒިޔާނާގެ ނިއުއޯލިޔަންސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން
އޮބާމާ ވިދާޅުވީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ލޮޅުން އަރަމުން ދިޔަނަމަވެސް އެމެރިކާގެ
އިގްތިސާދު އޮތީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. 

އޮބާމާ ވިދާޅުވީ ދުނިޔޭގެ ޙިއްސާގެ ބާޒާރުތަކަށް ލޮޅުން
އެރީ ޗައިނާއާއި ވިލާތުގެ ގައުމުތަކުގެ އިޤްތިޞާދުގެ މުސްތަގްބަލާމެދު އުފެދުނުގެ
ބިރުވެރިކަމެއްގެ ސަބަބުން ކަމަށާއި، އެމެރިކާގެ އިޤްތިޞާދުގެ މުސްތަޤްބަލާމެދު
ބިރެއްނެތްކަމަށެވެ.



އޮބާމާ ކޮންގްރެސްއަށް ގޮވާލެއްވީ އަންނަ މާލީ އަހަރުގެ
ބަޖެޓް ފާސްކުރުމުގެ ކަންތައް އަވަސްކޮށްދިނުމަށެވެ. އަންނަ މާލީ އަހަރުގެ ބަޖެޓް ފާސްވުމުން އެމެރިކާގެ
އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ ވަޒީފާގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ
ކަމަށް އޮބާމާ ވިދާޅުވިއެވެ.