ޚަބަރު

ކޯވިޑް-19 : 4 މީހަކު ޕޮޒިޓިވްވެގެން ބ.ފިނޮޅު މޮނީޓަރިންއަށް


ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ބ.އަތޮޅު ފިނޮޅުން 4 މީހަކު ޕޮޒިޓިވްވެގެން އެރަށް މޮނީޓަރިންއަށް ލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއްވާގޮތުގައި ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދަނިކޮށް ޕޮޒިޓިވްވީ 4 ބިދޭސީންނެވެ. އެއީ ބަންގްލަދޭޝްގެ މީހަކާއި އިންޑޮނެޝިއާގެ 3 މީހެކެވެ. ފިނޮޅަކީ ބ.އަތޮޅު ހިތާދޫ ކައިރީގައި އޮންނަ ރަށެކެވެ.

މިމީހުން ޕޮޒިޓިވްވުމާއެކު މިމީހުންނާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އަދި ބ.ފިނޮޅު މިވަގުތު އޮތީ މޮނީޓަރިންގެ ޙާލަތުގައިކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއްވައެވެ.