ޚަބަރު

ކޯވިޑް-19 : ދުނިޔޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 16 މިލިއަނުން މައްޗަށް


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 16 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ހަލުވިކަމާއިއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 މިއަދާ ހަމަޔަށް ދުނިޔޭގެ 188 ޤައުމަކާއި ޓެރަޓަރީތަކުން 16,100,905 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މިބަލީގައި މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 645,482އަށް އިތުރުވެރުވެފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 9,289,876 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިޖެހިގެން 5,688,774 މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް-19ގެ ނުރައްކާ އެންމެބޮޑަށް ކުރިމަތިވެފައިވާ ޤައުމުކަމަށްވާ ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާގެ 4,197,184 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. އަދި އެޤައުމުގެ 146,632 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އެޤައުމުގައި މިބަލި ޖެހުނު މީހުންގެ ތެރެއިން 1,279,414 މީހުން ވަނީ ބަލިން ރަނގަލުވެފައެވެ.

ކޯވިޑް-19 އެއްމެބޮޑަށް ފެތުރުނު ޔޫރަޕްގެ ސަރަހައްދަށް ބަލާއިރު ޔޫރަޕްގެ ޤައުމުތަކުން މިހާތަނަށް 2,777,378 މީހުންނަށްވަނީ ބަލިޖެހިފައެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަމީހުނަނަށް ބަލިޖެހިފައިވަނީ ރަޝީޔާގައެވެ. އެޤައުމުގެ ހައްލައްކައަށްވުރެ ގިނަ މީހުން ބަލިޖެހިފައިވޭ. ޔޫރަޕްގެ ޤައުމުތަކުގެ ސްޕެއިންއާ އިޓަލީވިލާތާއި އިނގިރޭސިވިލާތް އަދި ޖަރުމަނު ފަދަ ޤައުމުތައް ހިމެނެއެވެ.

އެންމެބޮޑަށް ބަލި ފެތުރިފައިވާ 10 ޤައުމު

  • 1. އެމެރިކާ 4,197,184 މީހުން
  • 2. ބްރެޒިލް 2,394,513 މީހުން
  • 2. އިންޑިއާ 1،385،685 މީހުން
  • 3. ރަޝިޔާ 811,073 މީހުން
  • 4. ސައުތު އެފްރިކާ 434,200 މީހުން
  • 5. މެކްސިކޯ 385,036 މީހުން
  • 6. ޕެރޫ 375,961 މީހުން
  • 7. ޗިލީ 343,592 މީހުން
  • 8. އިނގިރޭސިވިލާތް 301,020 މީހުން
  • 9. އީރާން 291,172 މީހުން
  • 10. ޕާކިސްތާން 273,113 މީހުން

ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބައްޔާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ކޮންމެ ޤައުމެއްގައިވެސް ވަނީ އަޅާފައެވެ. ރާއްޖެވެސް ހިމެނޭގޮތަށް އޭޝިއާގެ ޤައުމުތަކުއިވެސް ބަލިޖެހޭ މީހުންގެ ނިސްބަތްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެގިނަ އަދަދަކަށް ބަލިޖެހިފައިވާ މީހުން ރިޕޯޓްކޮށްފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާއިންނެވެ. މިހާރު އިންޑިއާވެފައިވަނީ ދުނިޔޭގައި ބަލިޖެހުނު ޤައުމުތަކަށްބަލާއިރު 3 ވަނައަށް އެންމެ ގިނައިން ކޯވިޑް-19 ފެތުރެމުންދާ ޤައުމަށެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް

  • އިންޑިއާ 1,385,685 މީހުންނަށް
  • ޕާކިސްތާން 273,113 މީހުންނަށް
  • ބަންގްލަދޭޝް 223,453 މީހުންނަށް
  • އަފްޢާނިސްތާން 36,157 މީހުންނަށް
  • ނޭޕާލް 18,613 މީހުންނަށް
  • ދިވެހިރާއްޖެ 3,252 މީހުންނަށް
  • ސްރީލަންކާ 2,777 މީހުންނަށް
  • ބޫޓާން 93 މީހުންނަށް

ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ ބްރެޒިލް ރަޝިޔާ އަދި އަވައްޓެރި އިންޑިއާވެސް ހިމެނެއެވެ. މިޤައުމުތަކުން ދަނީ ބަލި ކޮންޓްރޯލްކޮށް ފެތުރުނަ ނުދިނުމަށް އެކި ފެންވަރުގައި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިދަނޑިވަޅުގައި އެޤައުމުތަކުގެ ސަރުކާރުތަކުން އަންގާ އެންމެގުންތަކަށް އަމަލުނުކުރާ މީހުންނާއިމެދު ބޮޑެތި ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅަމުންދެއެވެ.