ޚަބަރު

ފިލާ ބަންޑެއްޔެއް ކަނޑަށް ދޫވެ އޮޔާދާތީ ސަމާލުވުމަށް އަންގައިފި

ށ.ދޮޅިޔަދޫގެ ދެކުނުން 6.5 ނޯޓިކަލް މޭލު ބޭރުން ފިލާ ބަންޑެއްޔެއް ކަނޑަށް ދޫވެ އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުގަދަ ވުމާއި ގުޅިގެން ހިނގާ މިފަދަ ހާދިސާތަކުގައި އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅު ދުރާލާ އެޅުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.

މިދުވަސްވަރު ކަނޑުތައް ގަދަވެ، ހިނގާ ހާދިސާތައް އިތުރުވަމުންދާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.