ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ޤައުމަށް އެނބުރިދާން ބޭނުންވާ މީހުން ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އޮފިޝަލުން މާލޭގެ މަގުތަކަށް ނުކުންނަވައިފިއެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކޯވިޑް-19ގެ ސަބަބުން ބިދޭސީންގެ ޙާލަތު އިތުރަށް ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެކަށީގެންވާ ރައްކާތެރިކަމެއްނެތި ދިރިއުޅެމުން ދިޔަ ބިދޭސީން ގިނަކަންވަނީ ފާހަގަކުރެވިފައެވެ. އެއާއެކު އެފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ ސަރުކާރުތަކާއި މަޝްވަރާކޮށް އެފަރާތްތައް އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ތިބިކަމަށާއި އަމާޒަކީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އޭގެ ތެރެއިން ވިހިހާސް މީހުން އަނބުރާ ޤައުމަށް ފޮނުވާލުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޯވިޑް-19އާއި ގުޅިގެން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީން ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް އެމަސައްކަތް ހުއްޓައި ނުލައި ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން މިއަދު ވަނީ މާލޭގައި ޢާއްމުކޮށް ބިދޭސީން އެއްވެ އުޅޭ ސަރަޙައްދުތަކަށް އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން ގޮސް ޤައުމަށް ދާން ބޭނުންވާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ ލޭބަރ ރިލޭޝަންސް އޮފިސަރ މަރިޔަމް ސައިފާ ރަޝީދު ވިދާޅުވީ އަމާޒަކީ ދާން ބޭނުންވެފައިތިބި ގިނަބަޔަކު ފޮނުވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިއަދު މިމަސައްކަތް މިނިސްޓްރީން ކުރިއަށްގެންދިޔައީ ގިނަ ޢަދަދެއްގެ ބިދޭސީން އެއްވެ ތިބޭ ޒިކުރާ މިސްކިތް ސަރަހައްދު ކައިރީގައެވެ.
"އަޅުގަނޑުމެން މަސައްކަތް ފެށީ ގާތްގަނޑަކަށް މިއަދު 0930 ހާއިރު. ގިނަބަޔަކު މިހާތަނަށް ދާން އެދިފައިވާއިރު އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަބަޔަކު ފޮނުވާލުން." އިކޮނޮމިކް މިނިސްޓްރީގެ ލޭބަރ ރިލޭޝަންސް އޮފިސަރ މަރިޔަމް ސައިފާ ރަޝީދު ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ޙައްލުކޮށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަންނަނީ މިދިޔަ އަހަރުން ފެށިގެން ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީން ރެގިއުލަރައިޒްކޮށް ގަވާއިދަށް ފެއްތުމުގެ މަސައްކަތްކޮށް މިއަހަރުގެ ފެބްރުއަރީމަހާ ހިސާބަށް ތިރީސްހާހަށްވުރެ ގިނަ ބިދޭސީންވަނީ ރަޖިސްޓްރީކޮށްފައެވެ.
ހަމަސް ދުވަހަށް ކުރިއަށްގެންދަން ފެއްޓެވި ޕްރޮގްރާމު ހުއްޓުމަކަށް އައީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19އާއި ގުޅިގެންނެވެ. އެހެންނަމަވެސް މިމަސައްކަތް އަލުން ފަށައިގަނެ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ފޮނުވާލުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ ސަބަބުން އިޖުތިމާޢީ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ހަމައެއާއެކު އިންސާނީ ކަރާމާތް ގެއްލޭގޮތަށް އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ގޮތަށް ރާއްޖޭގައި ބިދޭސީން ގެންގުޅޭ ކަމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ބިދޭސީންގެ ސަބަބުން އެތައް މައްސަލަތަކެއް ނުކުންނަމުންދާއިރު މިއީ އެތައް އަހަރެއް ވަންދެން އެކަށީގެންވާ އިންތިޒާމެއް ނެތި ބިދޭސީން އެތެރެކުރުމަށް ހުރި ފުރުސަތުގެ ނާޖާއިޒުފައިދާ ބަޔަކު ނަގައިގެން ބައެއް ފަރާތްތަކުން ޤައުމަށް ވެފައިވާ ޚިޔާނާތެއްގެ ގޮތުގައިވެސް އާއްމުރައްޔިތުން އަންނަނީ ބުނަމުންނެވެ.
މުހައްމަދު
ޜަނގަޅުވާހަކައެއް މަވެސް މިޅެނީ ތިކަން ނުކުރެވިގެން ހަދާނެގޮތް ހުސްވެގެން ޑޮކިއުމެންޓާއެކު ލީމަ 3 ވަރަކަށް ދުވަހުން ވާންޖެހޭނެ އެކަމަކު 5 ވަރަކަށް މަސް ވާއިރުވެސް ނުވޭ
ހާނިމް
ކޮންވާހަކަ އެއް ދައްކާކަށް އަހަރެން ރެގިއުލަރޭޒަން ގެ ދަށުން 6 މީހަކު ވިސާރަނަގަޅު ކުރުމަށް ލާފަ އޮންނަތާ މިހާރު 5 މަސްމިވީ. ޢަދިވެސް ޖަވާބަކީ ޕެންޑިން އެޕްރޫވަލް. ކީއްވާނީ އެމީހުން ވެސް އެޕްރޫވްކޮށް ދިނިއްޔާ. ޙަމަ ހަޤީޤަތުގައި ވެސް އެކަން ރަނގަޅަށް ނުހިނގާ. ގަލޮޅު ދަނޑު ގައި ކުރާ މަސައްކަތް އޮތީ މަޑުޖެހިފައި... ބަލަގަ ކުރަންވީއެއް ނުން އެމަސައްކަތް ބާރަށް
އުމްރާ
ރާއްޖެތެރެއިގެ މަގުތަކަށް ވެސް އާދެބަލަ