ޚަބަރު

ރިޒޯޓްތަކުގެ މެނޭޖްމަންޓުގައާއި، އެޗްއާރުގެ ވެރިޔަކަށް ދިވެހިން ކަނޑައެޅުމަށް ލަފާދީފި


ރިޒޯޓްތަކުގެ މެނޭޖްމަންޓް ލެވެލްގައާއި، އެޗްއާރުގެ އެންމެ އިސްމީހަކަށް ދިވެހިން ބޭތިއްބުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލާ ކޯވިޑް-19އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ބަޔަކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ޕެޓިޝަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކުރެއްވި މި ރިޕޯޓްގައި ރިޒޯޓްތަކުގެ މެނޭޖްމަންޓްގައި ދިވެހިން ހިމެނުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ރިޒޯޓްތަކުގެ މުއައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ އެޗްއާރުގެ ވެރިއަކަށް ދިވެއްސަކު ހުރުމަށްވެސް މި ރިޕޯޓްގައި ބާރުއަޅުއްވާފައިވެއެވެ.

ކޯވިޑް-19އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމާއި، ރިޒޯޓް ވިޔަފާރި ހިންގާ ކުންފުނިތަކާއި އަދި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ބޭފުޅުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ރާއްޖޭގެ ރިޒޯޓުތަކުގެ ހިންގުމުގެ ދާއިރާގެ ވަޒީފާތަކަށް ދިވެހި މުވައްޒަފުންނަށް އިސްކަންދިނުމަށް ވަނީ ބާރުއަޅުއްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން ފަތުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅިންގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިޕެޓިޝަނުގައި 261 މީހަކުވަނީ ބައިވެރިވެފައެވެ. މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޯވިޑް-19އާ ގުޅިގެން ގިނަ ޢަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލިފައިވެއެވެ. އަދި މުސާރަ ނުލިބޭގޮތަށް އެތައްބަޔަކަށް ދިގު މުއްދަތަކަށް ޗުއްޓީ ދީފައިވެސް ވެއެވެ. މިއާއެކު އެއްވެސް ޢާމްދަނީއެއް ނުލިބި އެތައްބަޔަކު ދިރިއުޅެންޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ އާއިލާތަކަށްވެސް ދަނީ ކުރަމުން ކަމަށް މި ޕެޓިޝަނުގައި ވަނީ ބަޔާންކޮށްފައެވެ.

ރިޒޯޓުތަކުގައި މިހާރު ހުސްވެފައިވާ ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ނަގަންވާނީ، ކޯވިޑް-19ގެ ސަބަބުން ވަޒީފާގެއްލުނު، ދިވެހި މުވައްޒަފުންނަށް ފުރުޞަތު ދިނުމަށްފަހު ކަމަށް މަޖިލީހަށް ހުށަހެޅި މި ޕެޓިޝަނުގައިވަނީ ގޮވާލާފައެވެ.

ގެރި އެލެކްސް

ބަލަން ތިބެމާ ބަހީ! ބޭރުކުންފުނިތަކުން ގާނޫނަށް ކަމޭނުހިތަނީ، އެކަން މޮނިޓަރ ކޮށް، ބަލާނެ ބަޔަކުނެތީމަ.

އެމޫ

ރިސޯޓް ތަކުގަ އުޅޭ ލައިން ސްޓާފް ދިވެހިން އުޅެނީ ވަރައް ހާލުގަ... އެ ކުދިންގެ މޫނުމަތިން ތާއަބަދު ހިނިތުންވިން ފެންނަން ހުއްޓަސް އެކުދިން އޮހޮރުވާ ދަލުގެ ހުރިހާ ފޮނި މީރުކަން ބޯލަނީ މެނޭޖްމެންޓްއިން... ގިނަ ކުދިންގް "ރަނާ" އަކަށް އުޅެ އުޅެ ވަރުބަލި ވާފަހުން "ވެއިޓަރ" އަކަށް ޕްރޮމޯޓް ކުރަނީ... އެ ހުރިހާ ދުވަހެއް ހިދްމަތް ކޮއްގެން ލިބޭ އަހަރީ ސެލަރީ އިންކްރީސްމެންޓް (ގާތްގަނޑަކަށް އެވްރެޖް 10 - 6 ޑޮލަރ) އެއްކޮއްލުމުން ވެއިޓަރެއްގެ މުސާރަ އާއި ދާދި ގާތް ކުރާނެ... އެ ޕްރޮމޯޓް ވުމުން އެ ހަމއެކަނި މަޤާމް ބަދަލުވީ ނޫންތޯ؟؟ އިތުރު ބުރަތަކެއް... ...ހެޓްސް އޮފްޓް ޔޫ ރިސޯޓް ބޯއީސް...