ކުޅިވަރު

އައިއޯއައިޖީ ނުބޭއްވުނަސް ކުޅުންތެރިންނަށް ފުރިހަމަ ތަމްރީނުދޭން މަސައްކަތް ކުރާނަން: މަހްލޫފް


2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވަން މިހާރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް ގޭމްސް ނުބޭއްވުނަސް އެތްލީޓުންނަށް އެންމެ ފުރިހަމައަށް ތަމްރީނު ދޭން މަސައްކަތް ކުރާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އައިއޯއައިޖީ ބިޑް ރާއްޖެ ކާމިޔާބުކުރީ ވަރަށް މަސައްކަތުން ކަމަށާއި ނަމަވެސް ކޯވިޑް19ގެ ސަބަބުން އެފަދަ ކުޅިވަރު މުބާރާތްތަކަށް ފައިސާ ޚަރަދު ކުރުމަށް މިހާރު ދަތިތަކެއް އެބަހުރި ކަމަށެވެ. މިހެންވެ ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމަށް ކުޅިވަރުގެ ބައެއް ފަރާތްތަކުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމާ މަޝްވަރާކުރަމުންދާ ކަމަށެވެ.

މިނިސްޓަރ މަޙުލޫފް ވިދާޅުވީ ރާއްޖޭގައި އައިއޯއައިޖީ ނުބޭއްވޭގޮތް ވެއްޖެނަމަ ގޭމްސްއަށް ދިވެހި އެތްލީތުން ތަމްރީނު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި މިހާތަނަށް އައިއޯއައިޖީން ދިވެހި އެތްލީޓުން ހޯދާފައިވަނީ ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ކަމަށެވެ.