ރާއްޖޭގައި 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޮޕަރޭޓް ކުރާ ފުރަތަމަ ރިސޯޓް ކްލަބް މެޑް ފިނޮޅުވިލާސް، އަށް އިންޓަރނޭޝަނަލް ހޮޓެލް އެންޑް ޕްރޮޕަރޓީ އެވޯޑްސްގެ ބެސްޓް ބީޗް ހޮޓެލް ޑިޒައިން އެވޯޑް ލިބިއްޖެއެވެ.އިނގިރޭސިވިލާތުގެ މަޝްހޫރު ޑިޒައިން މެގަޒިންއެއް ކަމަށްވާ " ޑިޒައިން އެ އަލް" އިން ދޭ މި އެވޯޑަކީ ކިޔުންތެރިންގެ ވޯޓާއި ފަރުމާކުރުމުގެ ދާއިރާގެ މާހިރުންގެ ވޯޓްގެ މައްޗަށް ބިނާކޮށްދޭ އެވޯޑެކެވެ.މާލެ އަތޮޅު ގަސްފިނޮޅުގައި، ތަރައްޤީކޮށްފައިވާ ފަންސާސް ދެ ކޮޓަރީގެ ކްލަބް މެޑް ފިނޮޅުވިލާސް ރިސޯޓަށް ކަރަންޓް ފޯރުކޮށްދިނުމަށް 4000 ސޯލަރ ޕެނަލް ރިސޯޓުގެ ޖެޓީއާއި ވޯޓާ ވިލާތަކަށް ދާ މަގުގައި ބަހައްޓާފައިވާއިރު އެ ޕެނަލްތަކުން ދުވާލަކު 1.6 މެގަވޮޓްގެ ކަރަންޓް އުފައްދައެވެ.