ޚަބަރު

ކޯވިޑް-19 : އިތުރު 33 މީހުން މިއަދު ޕޮޒިޓިވް، ފަރުވާދޭ މީހުންގެ އަދަދު 600އަށް


ރާއްޖެއިން މިއަދު އިތުރު 33 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6:00ން މިރޭގެ އިރުއޮއްސި 6:00ށް ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި 23 ދިވެހިންނާއި، ބަންގްލަދޭޝްގެ 6 މީހުންގެ އިތުރުން އިންޑިއާގެ 4 މީހުން ހިމެނޭ ކަމަށެވެ. މިއާއިއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2999އަށް އަރާފައެވެ.

ފަހަކަށް އައިސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފަށާފައި ވާއިރު، ފަރުވާދޭ މީހުންގެ އަދަދު ވަނީ 600ށް އަރާފައެވެ.

މިއަދު ބަލިިން ރަނގަޅުވެފައި ވަނީ 7 މީހުންނެވެ. މިއާއިއެކު ބަލިން ޝިފާ ލިބުނު މީހުންގެ އަދަދު މިހާރު މިވަނީ 2369އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް19 ފެނުނުތާ މިއަދަށް 135 ދުވަސްވެފައި ވާއިރު، ބަލި ހުރިތޯ ދެނެގަތުމަށް ރާއްޖޭގައި މިހާތަނަށް 67985 ސާމްޕަލް ވަނީ ނަގާފައެވެ.