ކުޅިވަރު

ބާސެލޯނާގެ ކޯޗުކަން ކްލައިވެޓަށް ދެނީ


ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކޮށް އެ މަގާމު ކުރީގެ ފޯވަޑް ޕެޓްރިކް ކްލައިވެޓަށް ދޭން އުޅޭ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެފިއެވެ.

ސްޕެނިޝް ލީގު ދިފާއު ނުކުރެވުމާއެކު މި ބަދަލަށް އެންމެ ބޮޑަށް ބާރު އަޅަމުންދަނީ ބާސެލޯނާގެ ސީނިއާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ކެޕްޓަން ލަޔޮނަލް މެސީވެސް ހިމެނެއެވެ.

ކްލައިވެޓް އަކީ ބާސެލޯނާގެ ކުރީގެ ފޯވަޑްގެ އިތުރުން އެކުލަބުގެ އެކަޑަމީގެ މިހާރުގެވެސް ޑިރެކްޓަރެކެވެ. މީގެ ކުރިން ބޮޑު ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފެނިފައިނުވި ނަމަވެސް ކްލައިވެޓް ވަނީ އޭނާގެ ގައުމު ކަމަށްވާ ނެދަލޭންޑްސްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންކޮށްފައެވެ.

ކުރިއަށް އޮތް ޗެމްޕިއަންސް ލީގަށް ކްލައިވެޓްއާ ޓީމު ހަވާލު ކުރަން ކުޅުންތެރިން ބާރު އަޅަމުންދާއިރު މިހާރުގެ ކޯޗު ސެޓިއެންއަށް މި ސީޒަނުގެ މެދުތެރެއިން ޓީމު ހަވާލުކުރީ ދޮޅު އަހަރު ދުވަހަށެވެ. ނަމަވެސް ކުޅުންތެރިންގެ އިތުބާރު އޭނާއަށްވަނީ ގެއްލިފައެވެ.

ބާސެލޯނާއިން ރޭ ސްޕެނިޝް ލީގު ނިންމާލީ އަލަވެޒް 5-0އިން ބަލިކޮށްފައެވެ.