ޚަބަރު

އއ. ތޮއްޑޫ ގެސްޓް ހައުސްއަކުން ބަނގުރާ ފެނިފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ހޯދަން ޢިއުލާންކޮށްފި


އއ. ތޮއްޑޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރާ ފެނިފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ޢިއުލާންކޮށްފިއެވެ.

މިމައްސަލާގައި ސުވާލުކުރުމަށް ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފައިވަނީ ޅ. ކުރެންދޫ، ވީލްހައުސް، އުމުރުން 33 އަހަރުގެ މުޙައްމަދު ޢަބްދުﷲ އެވެ.

ފުލުހުން ވިދާޅުވީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.